މާލޭ ވިޔަފާރި ބަނދަރުގައި މިއަދު ފަޔާ އިވެކުއޭޝަން ޑްރިލްއެއް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތު ”ހުވަދޫ” އާ ހިއްސާކުރަމުން އެމްޕީއެލްއިން ބުނީ ޕޯޓް ސެކިއުރިޓީ އެންޑް ސޭފްޓީ ޑިޕާޓްމަންޓުން ކުރިއަށް ގެންދާ ލައިވް ފަޔަރ އިވެކުއޭޝަން ޑްރިލް އޮންނާނީ މިއަދު 13:00 އިން 15:30 އަށް ގޭޓް 3 (ޔާޑް އޭރިއާ) ކައިރީގައި ހުންނަ މާލޭ ވިޔަފާރި ބަނދަރުގައި ކަމަށެވެ. އަދި 10 ސެޕްޓެމްބަރު ވާ ބުރާސްފަތި ދުވަހުގެ 13:00 އިން 15:30 އަށް ވެސް ޑްރިލް އޮންނާނެ ކަމަށެވެ.
އެމްޕީއެލްއިން ބުނީ މި ޑްރިލްއަކީ ލަރނިންގ އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމް (ސޭފްޓީ، ސެކިއުރިޓީ އެންޑް ހެލްތް އެޓް ވޯކްޕްލޭސް ޓްރެއިނިންގ) ގެ ދަށުން ކުރިއަށްގެންދާ ޑްރިލްއަކަށްވާތީ، ޒޯންގައި ހިމެނޭ ޔާޑް އޭރިއާ އެކަނި ހުސްކުރެވޭނެ ކަމަށެވެ.
އެމްޕީއެލްއިން ބުނި ގޮތުގައި ސޭފްޓީ، ސެކިއުރިޓީ އެންޑް ހެލްތް އެޓް ވޯކްޕްލޭސް ޓްރެއިނިންގ ޕްރޮގްރާމްގެ ބައިވެރިން މި ޑްރިލްގައި ބައިވެރިވާނެއެވެ.

