ސިނަމާލެ ބުރިޖާ ދިމާލުން ރާޅުގަނޑު ކައިރިއަށް މަސް ލޯންޗެއް ބަންޑުން ޖަހާލިއިރު އޭގައި ތިބި 4 މީހުން ސަލާމަތް ކޮށްފިއެވެ.
އެނގިފައިވާ ގޮތުގައި މިއީ ފަންސަވީހަކަށް ފޫޓުގެ މަސްލޯންޗެކެވެ. ލޯންޗު ބަންޑުން ޖަހާލާފައި ވަނީ ރާޅުގަނޑު ސަރަހައްދު އުރަފަށް ކައިރި އަށެވެ. މި ލޯންޗު ބަންޑުން ޖަހާލިއިރު ލޯންޗުގައި ހަަތަރު، ފަސް ވަރަކަށް މީހުން ތިބިކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.
މެރިން ފުލުހުން ދަނީ މިހާރު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

ބަންޑުންޖަހާލި ލޯންޗުގައި ތިބި މީހުންސަލާމަތް ކުރުމުގައި ފުލުހުން…..އެމްއެންޑީއެފް
ފުލުހުން ބުނީ ރާޅުގަނޑު ސަރަހައްދަށް ލޯންޗެއް ބަންޑުން ޖަހާލައިގެން އުޅޭ ކަަމުގެ ރިޕޯޓެއް ލިބިފައިވާތީ އެސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވި ގޮތުގައި އެ ލޯންޗުގައި ތިބީ 4 މީހުންނެވެ. އަދި ފުލުހުން ވަނީ އެ 4 މީހުންވެސް ސަލާމަތް ކޮށްފައެވެ. އޭގެ ތެރެއިން 2 މީހުންނަށް ކޮންމެވެސް ވަރަކަށް ކުދިކުދި އަނިޔާތަކެއް ވެފައިވާ ކަމަށާއި ޖުމްލަގޮތެއްގައި އެންމެންގެ ހާލުވެސް ރަނގަޅުކަަމަށްވެއެވެ.

