2013 ވަނަ އަހަރު ޕީޕީއެމްގެ ސަރުކާރު ވެރިކަމަށް އައުމާއެކު، އިކޮނޮމިކް ކައުންސިލްގެ ކޯޗެއާ ކަން ލިބިވަޑައިގެންނެވުމަށްފަހު، ބްރިޖްގެ މަސައްކަތާ ބެހޭ ގޮތުން ޗައިނާ ސަރުކާރާއި ވާހަކަ ދައްކަން ނިންމެވިއިރު، ޔާމީން އުޅުއްވީ ގިނައިން ތާސް ކުޅުއްވުމުގައި ކަމަށް ކުރީގެ ނައިބް ރައީސް އަހްމަދު އަދީބު ވިދާޅުވެއްޖެއެވެ.
ސިނަމާލެ ބްރިޖްތަކުގެ ލޭންތަކާއި ގުޅޭގޮތުން ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެން އިކޮނޮމިކް އެންޑް ޔޫތް ކައުންސިލްގެ ކޯ-ޗެއަރގެ ގޮތުގައިވެސް މަސައްކަތް ކުރެއްވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިރޭ ފޭސްބުކް ވީޑިޔޯއެއްގައި، ރައްޔިތުންނާ ބައްދަލު ކުރެއްވީ ސިޔާސީ ގޮތުން އެތައް ބަޔަކު ގައުމީ ކަމެއްގައި ހަގީގަތް އޮޅުން ފިލުވުމަށް އެދެމުން ދާތީީކަމަށެވެ. އެގޮތުން އަދީބުގެ ވާހަކަ ފެށްޓެވީވެސް ނުހަނު ތަފްސީލުކަމާއެކު 2008 އަށްފަހު ގައުމަށް އައި ސިޔާސީ ހަލަބޮލިކަމުގެ ވާހަކައިގެ ކުރުވަރެއްގެ ހުލާސާ ކޮށްދެއްވުމަކާ އެކުގައެވެ.
މި ބްރިޖްގެ މަސައްކަތް ކުރުމަށް ޗައިނާ ސަރުކާރާއި ވާހަކަދައްކަން ނިންމެވިއިރު، އެއިރު ޔާމީން އުޅުއްވީ ގިނައިން ތާސް ކުޅުއްވުމާއި، ސިންގަޕޫރްގައި ވިޔަފާރި ކުރެއްވުން ފަދަ ކަންކަމުގައި ކަމަށެވެ.
އަދީބު ވިދާޅުވީ އެމަނިކުފާނު 2012 ގައި ޓޫރިޒަމް މިނިސްޓަރަކަށް ހުރެ އެތައް މަސައްކަތެއް ކުރެއްވި ކަމަށާއި ޗައިނާއާއި ސައުދީއާއި އެހެން އެތައް ބަޔަކާ ގުޅުން ބަދަހިވެގެން ދިޔަކަމަށެވެ. ހާއްސަކޮށް 2008ގެ އާގާނޫނުއަސާސީ އަށް އައި މަލްޓިޑިމޮކްރަސީއިން އައި ހަލަބޮލިކަމުގެ ތެރޭގައި 2012 އާ ހިސާބަށް އައިއިރު މާގިނަބަޔަކު އިންވެސްޓްކޮށްފައި ނެތްކަމަށާއި އަދި -އެ ދުވަސްކޮޅަަކީ އެފަދަ މާހައުލެއް ވެސް ނެތް ސިޔާސީ ވަރަށް ހަލަބޮލި ދުވަަސްކޮޅަކަށް ކަމަށް އަދީބު ވަނީ ވިދާޅުވެގައެވެ.
އެދެ އަހަރުތެރޭގައި މުޅި ފޭސްދޭއްގެ ޕްލޭން އެޗްޑީސީއާއެކު ނިންމާލެވުނުކަމަށާއި ބުރިޖުގެ މަސައްކަތުގެ ވާހަކަތައް ޗައިނާއާއެކު ދެކެވެން ފެށުނުކަން ހާމަކުރައްވައި އަދީބު ވިދާޅުވީ އެދުވަސްކޮޅު މަކާއޮ ހޮންކޮންގ ބުރިޖު ބަަލާލުމުގެ ފުރުސަތު ލިބުނު ކަމަށާއި އެތަން ބެލުމުން މި ބުރިޖަކީ ނޭޅޭވަރުގެ ތަނެއްނޫންކަން އެނގިގެން ދިޔަކަމަށެވެ.
އޭގެ ފަހުން ދެން އައީ ޕީޕީއެމް ޕާޓީގެ ވެރިކަމެއް އައިސް 2013އިގަ އިކޮނޮމިކް ކައުންސިލްގެ ކޯޗެއާ ކަން ލިބިވަޑައިގެންނެވި ކަމަށާއި އަދި އެއަށްފަހު އެތައް މަސައްކަތްތަކެއް ފަށައި، އެތައް ބައިވަރު ޕްރޮޖެކްޓްތަކެއް ތަންފީޒު ކުރަން ފެށިގެން ދިޔަ ކަމަށެވެ. އޭރުވެސް ބައެއް މިނިސްޓްރީތަކުން ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖަކީ ބުރިޖެއްގެ ގޮތުގައި އިއުލާންކުރި ނަމަވެސް އެމަނިކުފާނު ނިންމެވީ އިއުލާން ނުކޮށް ޗައިނާ ސަރުކާރާ އެކުގައި ބުރިޖު އެޅުމުގެ މަސައްކަތާ ބެހޭ ގޮޔުން ވާހަކަދެއްކުމަށް ކަމަށެވެ. އަދީބު ވިދާޅުވީ އެވަގުތުވެސް ހިތާމައަކީ ރައީސް ޔާމީން ގިނައިން އުޅުއްވީ ތާސްކުޅުއްވުމުގައާއި ޝޮޕިންގއަށް ސިންގަޕޫރުގައި، އެހެންކަންތައްތަކުގައި ކަމަށެވެ،
“އަޅުގަނޑުމެން މީޓިިންގއަކަށް އަރަން ބުނީމަވެސް ވަރަށް އުނދަގުލުން މީޓިންގއަކަށް އަންނަނީ، އެއިރު ރައީސް އޮފީހުގެ މިނިސްޓަރ މުހައްމަދު ޝަރީފް، މިއަދުގެ ރައީސް މުއިއްޒު، އިކޮނޮމިކް މިނިސްޓަރ ސައިދު، ފިޝަރީޒް މިނިސްޓަރ ޝައިނީ، ފަދަ އެތައް ބަޔަކު އިކޮނޮމިކް ކައުންސިލްގައި ހެކިވާނެ އަޅުގަނޑުމެން ޖެހުނީ އެ މަސައްކަތްތައް ކުރިއަށް ގެންދަން، އެހެންވީމަ އަޅުގަނޑުމެން އޭގެ ނެގޯޝިއޭޝަންތަކުގައި ގިނައިން އުޅެފައި ވާނީ،”.
އަދީބު ވިދާޅުވީ، ބްރިޖްގެ މަސައްކަތަކާއި ގުޅޭ މަޝްވަރާތަކުގައި އުޅެން ޖެހުނީ އޭނާ ކަަމަށެވެ. މިގޮތުން ޕޭލްނިންގ ސްޓޭޖްގައި ޔާމީންގެ އެއްބާރުލުން ވަރަށް މަދު ކަމަށްވެސް ވިދާޅުވިއެވެ.
“ކޮންމެ ކަމެއްގައިވެސް ޔާމީން ވިދާޅުވަނީ، އަދީބު ކުރިއަށްގެންދާށޭ، މިސާލަކަށް ޗައިނާ ރައީސްގެ އަރިހުގައި އޭތި ޖަސްޓިފައި ކުރަން ބުނީމަވެސް، ޔާމީން ބުނަނީ އަދީބު ޖަސްޓިފައިކޮށްދޭށޭ،”.
ބްރިޖަށް ފަހު މާލެ ސަަރަހައްދަށް އަންނާނެ ބަަަދުލުތައް އޭނާ ޗައިނާ ރައީސްއާ ހިއްސާ ކުރެއްވިކަންވެސް ފާހަގަކުރައްވަމުން އަދީބު ވިދާޅުވީ، އޭގެ ދިރާސާތައް ހަދަންވެސް ޖެހުނީ އޭނާ ކަމަށާއި، އެއްބަސްވުމުގެ ސޮއިކުރަންވެސް ޖެހުނީ އޭނާ ކަމަށެވެ.

