ދިވެހި ގައުމިއްޔަތުގެ އިސްވަރު އިފުތިތާހުކޮށްފިއެވެ.
މިއަދު ފާހަގަކުރާ ރާއްޖޭގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޚާއްސަ ޖަލްސާގައި ދިވެހި ގައުމިއްޔަތުގެ އިސްވަރު އިފުތިތާހުކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.
ދިވެހި ގައުމިއްޔަތުގެ އިސްވަރަކީ ރައީސް ޑރ. މުޢިއްޒު އެކަށައަޅުއްވާފައިވާ ދިވެހި ގައުމިއްޔަތު އިއާދަކުރުމުގެ ގައުމީ ނިޒާމުގެ މުހިންމު އެއް ގުނަވަނެވެ.
ގައުމިއްޔަތުގެ އިސްވަރު އެކުލެވިގެންވަނީ މައިގަނޑު ފަސް ދާއިރާއެއްގެ މައްޗަށެވެ.
އެ ދާއިރާތަކަކީ ދިވެހި ބަހާއި ދިވެހި ތާރީޚާއި ދިވެހި ތަރިކައާއި ދިވެހި ސުމޭކާއި ދިވެހި ފަންނެވެ.

