ދިދައަކީ ޤައުމެއްގެ އެންމެ މުހިންމު އެއްނިޝާނެވެ. އެ ނިޝާންއާއެކު ވަނީ ޤައުމީ ލެއެވެ. މިނިވަންކަމާއި އަމާން ކަމެވެ. ދިވެހިންގެ ދީނާއި މާތްވެގެންވާ ސަޤާފަތެވެ. "އެ ޤައުމެއްގެ" ފަލްސަފާއާއި، އެ ޤައުމެއް އޮތް އުޞޫލުތަކާއި، އެ ޤައުމެއްގެ އުއްމީދުތަކާއި ރައްޔިތުންގެ ޘަޤާފީ ތަނަވަސްކަމުގެ ރޫޙެއެވެ. އެއްބައިވަންތަކަމާއި އެއްބައިވަންތަކަން ދެމެހެއްޓުމަށް ޤައުމުގެ މަތިވެރި ޢަޒުމްވެސް މެއެވެ
ފެންނަ މަންޒަރުތަކުން ދިވެހި ދިދަ ދައްކުވައިދެނީ އޭގެ ފުރިހަމަކަމާއި، އޭގެ އަސްލާއި، ދިވެހިންގެ ރޫހެވެ. ދިވެހިންގެ އެއްބައިވަންތަ ކަމާއި، އެއްބައެއްވަންތަ ކަމުގެ ފުރިހަމަ މިސާލުވެސް ދިވެހި ދިދަ ފަރިއަށް އަރިއަށް އޮވެ ވިހުރޭ ވިހުރުމުން ރަމްޒު ކޮށްދެއެވެ. ދިވެހި ދިދަ ހަރު ދަނޑިއެއްގައި ހަރުކޮށްފައި ހުންނައިރު އެއިން ފެންނަނީ އެއް ކޮޅަށް ވަރުގަދައަށް ހިފަހެއްޓި ހަރުދަނާވެފައި ހުންނަތަނެވެ. އަނެއްކޮޅުން މިނިވަން ޖައްވުގެ ތެރެއަށް ފުރިހަމަޔަށް ދޫވެފައިވާއިރު އެއިންފެންނަ ވާޝިޙް މިސާލަކީ ވެސް ދިވެހިންގެ ހަރުދަނާ ކަމާއި، ގުޅުމާއި އުޅުން އެއިން ރަމްޒު ކޮށްދޭ މިސާލެއްވެސް މެއެވެ.
ދިދައިގެ ތާރީޙަށް ބަލާއިރު އެކި ޒަމާންތަކުގައި އެކި ވައްތަރަށް ދިދަ ފަރުމާ ކުރެވިފައި ވެއެވެ. ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ބޭނުންކުރެވުނު ދިދަ ހުންނަނީ އެއްކޮށް ރަތްކުލައިގައެވެ. އޭގެ ފަހުން ވެސް އެކި ޑިޒައިންތަކުގަ ދިދަތައްވަނީ ފަރުމާ ކުރެވިފައެވެ. އެގޮތުން މިހާރު ބޭނުންކުރާ ދިދައާ ހަމަޔަށް އައީ 7 ވައްތަރަކަށް ދިދަތައް ތައްޔާރުކުރެވި އެކި ޒަމާންތަކުގައި ބޭނުން ކުރުމަށްފަހުގައެވެ. މިއަދު މިދެކޭ ދިދަ ކަނޑައެޅުނީ ރާއްޖެ މިނިވަންވުމުގެ އެއްދުވަސް ކުރިން 25 ޖުލައި 1965ވަނަ އަހަރުއެވެ. އެހެންކަމުން މިހާރު ބޭނުންކުރާ ދިދަ ބޭނުންކުރާތާ މިވަނި ބައިގަރުނު ފަހަނައަޅާފައެވެ. މިނަވަންކަމަށް ގުނަމުން މިދާ 59 އަހަރާއެކު ދިދައިގެ ތާރީޙުގެ ތެއެއަށް ވަދެގެންދެއެވެ.

އެކި ޑިޒައިންތަކުގަ ފަރުމާ ކުރެވިފައިވާ ދިވެހި ދިދަތައް
ނަމަވެސް ޤައުމިއްޔަތުގެ މި ބޮޑު ރަމްޒު އިހުމާލުވަމުންދާ ދިއުމަކީ މިއަދު މިދެކޭ ހަގީގީ މިނިވަންކަމުގެ ތެރެއިންވެސް އެޅޭ ހަނިހުރަހެއް ކަމުގައި ވެދެއެވެ. ދިދަ ފެންނަނީ އެއްވެސް އަގެއްނެތް އެއްޗަކަށް ހަނދާލެވޭތަނެވެ. ހަގީގީ މާނައިގައި ދިދައަށް ކުރާ އިޙްތިރާމާއި ޤަދަރު ކުޑަވެއްޖެއެވެ. ފެންނަނީ ދިދައަކީ އެއްވެސް އަގެއްނެތް ފޮތި ކޮޅެއްގެ ގޮތުގައި ބޭނުންކުރާތަނެވެ.

ދިވެހި ގައުމީ ދަދިތަކެއް ތިނަދޫ ސޓީީގައި ހަރުކޮށްފަ ހުރި މަންޒަރެއް
ޤައުމީ ދުވަހުގެ އަގުމާތް މުތީތަކެއްގެ ގޮތުގައި މިއަދު ސަރުކާރުގެ އިމާރާތްތަކުގެ ފާރުމަތިން ދިދަ އެ ހެލިލާ ހެލިލުމުން ރަމްޒު ކޮށްދޭދިނުންވެސް އަންނަންއޮތް ޖީލުތަކަށް އިހުސާސް ކޮށްދޭން ޖެހެއެވެ. ކަން މިހެންއޮތްނަމަވެސް ދިދައަށް ބަހައްޓަންޖެހޭ ހުރުމަތަށްވުރެ އަގު ދަށްކަމަށް ދެކޭދެކުން މިއީ ބަދަލެއް އަންނަން ޖެހޭ ކަމަށް ކަމަށް ދެކެމެވެ. ފެންނަނީ ޤައުމީ ދުވަހުގަ ދިދަ ފޮތި ކޮންމެހެން ބޭނުން ކުރަން ސަރުކާރުން އަންގާފައިވާތީ އެ ފޮތިކޮޅު އެ އިދާރާއެއްގެ އުޅޭ ކުދިން ދާމާލާތަނެވެ. އެއީ ރީތީ ދިދަފަތިތައްތޯވެސް ބަލާނުލެވެއެވެ. މިފަދަ ދިދަ ފޮތި ތަކަކީ އަހަރުން އަހަރަށް ބޭނުންކުރާ އެއްޗެއްކަމުން ހުންނަނީ ބޮޑި ފޮށިގަނޑުތަކަށް އަޅާ ރައްކާ ކޮށްފައެވެ. އެހެންކަމުން އެ ނަގާއިރު މީދާ ކާލާފަ ހުއްޓަސް އަދި އެއީ ބާވެ ބާވެއްޓިފަ ހުންނަ ފޮތިކޮޅުތަކަކަށްވި ނަމަވެސް އެ ހުންނަ ގޮތަށް ދަމާލަނީއެވެ. އަދި ގިނަ ދުވަސް ވުމުގެ ސަބަބުން ރޫ އަރާ ބޮޑިވެފަ ހުއްޓަސް ބޭނުން ކުރަނީއެވެ. ކޮންމެ އަހަރެއްގަ މިގޮތަށް ބޭނުނުންކޮށް ހުދުވެފަ ހުންނަ ދިދަ ފޮތިތައްވެސް އަސްލު ނޭގޭހާ ވަރަށް ހުންނައިރުވެސް ބޭނުން ކޮށްލަނީ ފަސޭހަ އަކަށެވެ. ދިދަ ފޮއްޗެއް ކަމެއް ނޭނގޭހާވަރަށް ބާވެފައިވާއިރުވެސް އެ ފަދަ ދިދަތައް ބޭނުންކުރާތަންފެންނަ ފެންނަ ފެނުމަކީ ދިއްވެސަކަށްވީތީ އުނދަގޫ މަންޒަކަށް ނުވޭތޯއެވެ.
މިއަދަކީ ޤައުމީ ދުވަސްކަމަށްވާއިރު، ރާއްޖޭގެ ހުރިހާ ރަށެއްގެ ސަރުކާރު އިމާރާތްތަކުގެ ފާރުމަތިންނާއި، އެކިއެކި ދިމަދިމާލު ދިދަތައް ތިބީ ދަމާލާފައެވެ. ހީވަނީ ވައިގަދަ ދުވަހެއްގައި ރޯނުގަ އަންނައުނު ހިއްކަން އަޅާފައި ހުންނަހެނެވެ. ގިނައީ ބާވެ ވީރާނާވެފައިވާ ދިދަތަކެވެ. ހުދުވެ އަސްލު ދިދައިގެ ސިފަ ގެއްލިފަވާ ދިދަފަތިތަކެވެ. އަދި ބޯޓް ތަކާއި އޮޑިފަހަރުތަކުވެސް ދިދަފަތި ތައް ނަގާލަނީއެވެ. ބޯޓްގެ ދުން ހޮޅިން އަރާ ދުމުގެ އަސަރުވެސް ދިދައަށް ކުރަނީއެވެ. ދެން ފެންނަނީ އެ ހުންނަ ގޮތަށް ހުންނަ ތަނެވެ. އަހަރެއް ދެ އަހަރުވާއިރުވެސް އެވެ. އެއީ ދުވަސް ނިންމާލާފަ ނަގާލާ އެއްޗަކަށްވެސް ނުވެއެވެ. އެގޮތަށް ދުން ހޮޅިން އަރާ ކަޅު ދުމުން ދިދައިގެ އަސްލުވެސް ގެއްލުވާލައެވެ. މިފަދަ ދިދަތައް ބަލާލީމަ ހިތައް ސިފަވަނީ މިއީ ދިވެން ދެކުނު ހަނގީގީ މިނިވަން ކަމާއި، ޤައުމިއްޔަތު ދިރުވާ އާލާކުރެވުންތޯއެވެ. ދިވެހިންގެ އެ މާތް ޤައުމީ ދިދައަށް ކުރަނީ ގަދަރުތޯވެސް ސުވާލު އުފެދެއެވެ.
އަދި މިއަދު ނޫނަކަސް އާންމު ދިރިއުޅުމުން ދިދަ ބޭނުންކުރެވޭ ގޮތަށްބަލާލާނަމައެވެ. ފެންނަނީ ގޭގެ ފައިލާ ފައިފުއްސަށްވެސް ދިދަ ބޭނުން ކުރެވޭތަނެވެ. ސައިކަލް ނުވަތަ ބައިސްކަލް ފޮހެލަންވެސް ދިދަ ފޮތި ބޭނުން ކުރާތަނެވެ. އަދި ގޭގެ ކައްކާ އުނދުނުގެ އަތްދަށަކަށްވެސް ދިދައިގެ ފޮތިކޮޅު ބޭނުންކުރެވޭތަނެވެ. މިއީ ހަނގީގަތުގައި ކަންބޮޑުވާން ޖެހޭ ކަމެކެވެ. ބައެއްގެ ލޮލުގަ އަޅަގަންނަން ޖެހޭ ކަމެކެވެ. ދިވެހިންނަށް ވީތީ ލަދުވެތި ކަމެކެވެ. އަދި ކޮބައިތޯ މަގުމައްޗަށް ދިދައެއް ވެއްޓިފަ އޮންނަތަންފެންނަ ހިދުވެސްއަޅާނުލައެވެ. ދަރިފުޅަށް ދިދައަށް ފައިންއެރޭއިރު ދެވަނަ ފިޔަވަޅު ބެލެނެވެރިޔާ އަޅާއެޅުން މިއީ މިހާރު އާންމު ކަމެވެ.
ޤައުމީ ދިދައަށް ގަދަރު ދެވެންޖެހޭއިރު މިހާރު އެކުލަވާލާ ބޭނުން ކުރަމުން އަންނަ ފެހި ޤާނޫނު އަސާސީންވެސް ޤައުމީ ދިދައަށް ގަދަރު ގެނެސްފައިވަނީ އެންމެ ފަހަތުންނެވެ. ޤައުމީ ދިދައިގެ ވާހަކަ ޤާނޫނު އަސާސީގެ 12 ވަނަ މާއްދާގެ ހ. ށ. ފެންނަން އެބައޮތެވެ. ނަމަވެސް އެއީ އެންމެ ދެ ނުކުތާއެވެ. ދެން ފެންނަން އޮތީ އެންމެފަހަތު ގަނޑުން ޖާގަދެވިފައިވާތަނެވެ. އެއީ ޖަދުވަކު 3ގައެވެ. އޭގެ ދިދައިގެ ވާހަކަ ތަފްސީލީ ގޮތެއްގައި އޮތީ އައިސްފައެވެ. ނަމަވެސް މިއީ ޤައުމީ ނަޒަރުން ދިދައައަށް ދެވޭ އިޙްތިރާމީ ގަދަރު ފަހަތަށް އޮތްމިންވަރުނޫން އެހެންކޮން މިންވަރެއްތޯއެވެ. ދިދައިގެ ވާހަކަ ޤާނޫނު އަސާސީން އެންމެ ކުރިއަށް ނުލާ ދިދައިގެ ވާހަކަ ކިތަންމެ ވަރަކަށް ދެއްކި ނަމަވެސް އޭގެ އަސަރު ހިތްތަކަށް ކުރާނެ މިންވަރު ނިކަން ވަޒަން ކުރަމާ ހިނގާށެވެ.
ޤައުމީ ދިދައާއި ދޭތެރޭ ޤައުމީ ނަޒަރަކުން ފުންކޮށް ވިސްނާލަން ޖެހެއެވެ. ޤާނޫނީ ނަޒަރަކުން ދިވެހި ދިދަ އަށް ގަދަރެއް ގެންނަން ޖެހޭ ކަން ޤާނޫނު އަސާސީންވެސް އޮތީ ފެންނާށެވެ. ޤާނޫނޫ އަސާސީގެ އެންމެ ކުރިއަށް ދިދައިގެން ވާހަކަ ގެންނަން ޖެހެއެވެ. އަދި ޤައުމީ ދިދަ ބޭނުން ކުރުމާއި، ގެންގުޅުމުގައި ވެސް ޙާއްސަ ގާނޫނެއް އޮންނަން ޖެހޭ ކަމަށް ޤަބޫލު ކުރެވެއެވެ.
ރިޔާސީ ބަޔާނާއެކު ރައީސް ވިދާޅުވީ "އޭ ދިވެހީންގެ ފަހުރުވެރި ގައުމީ ދިވެހި ދިދަޔާ. ތިބާދެކެ އަޅުގަނޑު އިންތިހާޔަށް ލޯބިވަން. ތިޔަ ހެލިލުމާއި ވިހުރިލުމުގެ މާނަތައް އިހުސާސް ކުރަން. ތިޔަ ދައްކައިދެނީ ގައުމު ދިފާއު ކުރި މަތިވެރި ޝަހީދުންގެ ލޭފޮދު. ގައުމު ބިނާކުރި އެންމެހާ އަޖުދާދުންގެ ފެހި ރޯޝަން އުންމީދާއި ދިރުން. ދިވެހީންގެ ދެ ދުނިޔޭގެ ސަލާމަތް ކަމުގައިވާ މާތްވެގެންވާ އިސްލާމްދީނުގެ ކީރިތި މޫރިތިކަން،….."
ޤައުމީ ދިދައަކީ ވަކި ޤައުމެއް ތަމްސީލުކޮށް ރަމްޒުކޮށްދޭ ދިދައަކަށްވާއިރު އެއީ އެ ގައުމެއްގެ ސަރުކާރެއްގެ ރަމްޒާއި އެ ގައުމެއްގެ ރައްޔިތުންގެ ވެސް ރަމްޒަކަށް ވެއެވެ. ޤައުމީ ދިދައަކީ ޢާންމުގޮތެއްގައި އެ ދިދައެއްގެ ކުލަތަކާއި ނިޝާންތަކަށް ވަކި މާނަތަކެއް އެކުލެވިގެންވާ ގޮތަށް ފަރުމާކުރެވިފައިވާ އެއްޗެއްވެސް މެއެވެ. ޤައުމީ ދިދައަށް އިހާނާތެރިވާނަމަ ނުވަތަ ހަލާކުކޮށްލާ ނުވަތަ އެއަށް ގަދަރު ކުޑަކުރެވޭނަމަ އެ އަމަލުތައް ގާތުން ބަލަން ޖެހޭ ކަމަށް ޙުދު އެތަކެއް ރައްޔިތުން މިއަދު ދެކެއެވެ.

