މާލޭގައި އަލަށް ހަދަމުންދާ މާރުކޭޓްގައި ހުރި ކަރަންޓް ކޭބަލާއި ލައިޓްތައް ވަގަށް ނަގައިފިއެވެ. މިއީ މާލެ ސިޓީ ކައުންސިލުން މާލޭގައި ހަދަމުންދާ މާރުކޭޓެކެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ، ކޮލި އުމަރު ގޯޅީގައި، އަލަށް ހަދަމުންދާ މާރުކޭޓްގަައި ހުރި ކަރަންޓް ކޭބަލްތަކާއި ލައިޓްތައް ވަނީ ވަގަށް ގެންގޮސްފަައި ކަމަށެވެ. އެ މައްސަލަ މިހާރު ވަނީ ފުލުހަށް ހުށައެޅިފައި ކަމަށް އެ ކައުންސިލުން ވިދާޅުވެފައި ވެއެވެ.
ރާއްޖޭގައި ވައްކަމުގެ މައްސަލަތައް އަބަދުވެސް އިތުރެވެ. ހާއްސަކޮށް މާލޭ ސަރަހައްދުގައި ވައްކަމުގެ މައްސަލަތައް ގިނައެވެ.
މިދިޔަ ރޯދަމަހުގައިވެސް ވައްކަމުގެ މައްސަލަތަށް ބޮޑުވެގެން ދިޔައެވެ. މިސްކިތްތަކުން ވެސް ވައްކަމުގެ ގިނަ މައްސަލަތަކެއް ފެންމަތިވެއެވެ. އޭގެ ތެރެއިންވެސް އީދު މިސްކިތުން ތަކުރާރުކޮށް ވައްކަން ކުރުމުގެ މައްސަލައަކީ ކަންބޮޑުވާނެ ޖެހޭ މިންވަރަށް ބޮޑުވި މައްސަލައެކެވެ.
ފުލުހުން ގެންދަނީ ވައްކަމުގައި މައްސަލަތައް ހުއްޓުވުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

