މަތިވެރި ލާނިންގ ސެންޓަރު (އެމްއެލްސީ) އިން ކުރިއަށްގެންދާ ކުޑަ އިމާމް ޕްރޮގްރާމްގެ 11 ވަނަ ބެޗްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެމްއެލްސީ ކުޑަ އިމާމް ޕްރޮގްރާމަކީ 2022 އިން ފެށިގެން އެ ސެންޓަރުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގެ މަގުސަދަކީ މިސްކިތުގައި ޒުވާން އިމާމުކަމުން ފެންނަލެއް މަދުކަމުން ޅައިރުން ފެށިގެން ޖަމާއަތުގެ ނަމާދާއި އިމާމުކަމަށް ލޯބި އުފައްދައިގެން ޒުވާން އިމާމުން އިތުރުކުރުމެވެ.
އެގޮތުން މި ޕްރޮގްރާމުގައި ބަންގި ގޮވުމަށާއި ކީރިތި ޤުރްއާން ކިޔެވުމަށާއި ޚުޠުބާ ކިޔުމަށާއި ނަމާދުގެ ފިޤްޙާއި ނަމާދުގެ ޒިކުރުތައް އުނގަންނައިދޭނެއެވެ.
އެއްމަސް ދުވަހުގެ މުއްދަތަށް އޮންލައިންކޮށް ކުރިއަށްގެންދާ މި ޕްރޮގްރާމުގެ ފީ އަކީ 750 ރުފިޔާއެވެ. ޕްރޮގްރާމާބެހޭ އިތުރު މައުލޫމާތު 9880886 އިން ލިބޭނެއެވެ.
https://www.facebook.com/share/t65cQDEychoTwqG7/?mibextid=oFDknk
މި ޕްރޮގްރާމްގައި މިހާތަނަށް ގިނަ އަދަދެއްގެ ކުދިން ބައިވެރިވެ ޕްރޮގްރާމް ނިންމާފައިވާ ކަމަށް އެ ސެންޓަރުން މައުލޫމާތު ދެއެވެ.

