އައްޑޫ ސިޓީ އަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ހާއްސަ ބީޗެއް ތަރައްޤީ ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމޭނެކަމަށް އެ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.
މިކަން ހާމަކޮށް އެ ސިޓީގެ ކައުންސިލުން މި މަޝްރޫއު އާއި ގުޅޭ މައުލޫމާތު އެކްސްގައި ޕޯސްޓްކޮށްފައިވެއެވެ. މި ޕޯސްޓުގައި ބުނެފައިވަނީ މި ބީޗަކީ އައްޑޫ ސިތީގެ ފަތުރުވެރިކަމުގެ ސިނާއަތް މިހާރަށްވުރެ ކުރިއެރުވުމަށްތަކައި ތަރައްގީކުރަން ފަށާފައިވާ ބީޗަކީ ފޭދޫ ދިގިހެރެ ސަރަހައްދުގައި ތަރައްގީކުރާ ބީޗެއްކަމަށެވެ.
މި ބީޗުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާކަމަށާއި، ވަރަށް އަވަހަށް މި މަސައްކަތް ނިންމާލެވިގެންދާނެކަމަށެވެ. އަދި މި ބީޗަކީ އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ތަރައްގީކުރާ ބީޗެއްކަމަށް ވެސް އެ ކައުންސިލުން ބުނެފައިވެއެވެ.
މީގެ އިތުރުން އެ ކައުންސިލުން ވަނީ މި މަޝްރޫއުގެ ސަބަބުން އައްޑޫ ސިޓީގެ ގެސްޓު ހައުސްތަކަށް އަންނަ މުއައްޒަފުންނަށް އެތައް ފައިދާތަކެއްކުރާނެކަން ފާހަގަކުރައްވާފައިވެއެވެ.
ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި އަހަރަށް ފަތުރުވެރިކަމުގެ ސިނާ އަތަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަކީ މި ހިނގާ 2024 ވަނަ އަހަރު ނިމުމުގެ ކުރިން ދެ މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމެވެ.

