މިރޭ 10:00 އިން މާދަމާ ހެނދުނު 7:00 އަށް، ޕަވާ އަޕްގްރޭޑްގެ މަސައްކަތަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އެކި ސަރަހައްދުން ކަރަންޓު ކެނޑުން އެކަށީގެންވާ ކަމަށް މޯލްޑިިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޑެޓް(އެމްްއޭސީއެލް) އިން ބުނެފިއެވެ.
އެމްއޭސީއެލްއިން މިހެން ބުނެފައިވަނީ އެކްސްގައި ކުރި ޕޯސްޓެއްގައެވެ. އެކްސްޕޯސްޓުގައި ވަނީ ވީއައިއޭގައި ކަރަންޓު އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިރޭ 10:00 އަކުން ފެށިގެން މާދަމާ ހެނދުނު 7:00 އަށް ކުރިއަށްދާނެ ކަމަށް ބުނެފައެވެ.
އަދި އެ މަސައްކަތް ކުރިއަށްދާއިރުގައި އެއާޕޯޓްގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުން އެކަށީގެންވާ ކަމަށާއި އޭގެ ތެރޭގައި ފެސެންޖާ އޭރިއާ ވެސް ހިމެނޭ ކަމަށް ބުނެފައި ވެއެވެ.
އެމްއޭސީއެލްއިން ބުނީ އެ ކުންފުނީގެ މުވައްޒަފުން ޕަސެންޖަރުން އެހީއަކަށް ބޭނުންވެއްޖެ ހިނދެއްގައި އެންމެ ގާތުން ހިދުމަތް ދިނުމަށް ތިބޭނެ ކަމަށެވެ.
މިކަން ހާމަކުރުމާއެކު އެމްއޭސީއެލް އިން ވަނީ ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް މާއަފަށް އެދިފައެވެ.

