ގައުމުގައި ފަސާދަ އުފެދޭނެ ކަންކަމުން ދުރުވުމަށް މިއަދު އަޒުމް ކަނޑައަޅަންޖެހޭ ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އާދަމް ޝަރީފް މިހެން ވިދާޅުވީ މިއަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ދެއްވި ތަހުނިޔާގެ މެސެޖުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ެއެގޮތުން ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ދިވެހި ގައުމު މި ހިސާބަށް އައިސްފައި މިވަނީ ކާބަފައިންނާއި އަބުޠާލުން ކުރެއްވި މިންނެތް މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ.
މިއަދު އަޒުމަކަށް ހަދަންޖެހޭނީ އަންނާން އޮތް ޖީލުތަކަށް މި ގައުމު މިއަށްވުރެ ރަނގަޅު މުސްތަގުބަލެއް އޮތް ގައުމެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރުމަށް ކަމަށް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވިއެވެ.
އަދި ހުރިހާ އެންމެން ވެސް ގައުމު އިސްކޮށް ފަސާދައާއި ބައިބައިވުން އުފެދޭނެ ކަންކަމުން ދުރުހެލިވެ ދޮގުން ހެދުން ފަދަ އަދި މި ނޫންވެސް މިފަދަ ކަންކަމުން ދުރުހެލިވުމަށް އަޒުމު ކަނޑައަޅަންޖެހޭ ކަމަށް ވެސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވިއެވެ.
މީގެއިތުރުން އެންމެންނަކީ ވެސް ގައުމަށް ފައިދާހުރި ޚިދުމަތެއް ކޮށްދެވޭނެ ބައެއް ކަމަށް ވުމަށްް މަސައްކަތް ކުރުމަށް ވެސް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

