ރާއްޖޭގައި އާންމުކޮށް ބާނަނީ ފާނައިގެ ބާވަތްތައް ކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެނޭ ވުޒާރާއިން ބުނެފިއެވެ.
މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓުން 2018 އިން 2020 އަށް ކުރިއަށް ގެންގޮސްފައިވާ ސާމްޕްލިންގ ދަތުރުތަކުގައި ނަގައިފައިވާ މަޢުލޫމާތަށާއި އެހެނިހެން ގޮތްގޮތުން އެއްކުރެވިފައިވާ މަޢުލޫމާތަށް ބިނާކޮށް ރާއްޖެއިން މިހާތަނަށް ރިކޯޑުކުރެވިފައިވާ ފާނައިގެ ބާވަތްތަކުގެ ލިސްޓެއް ފާނަ މަސްވެރިކަން މެނޭޖްކުރުމުގެޕްލޭންގެ ޖަދުވަލު 2 ގައި ހިމަނައިފައިވާނެ ކަމަށެވެ.
އެ ދިރާސާގެ ހޯދުންތަކުން ދައްކާ ގޮތުގައި، ބާނާފައިވާ ފާނައިގެ %90 ނިސްބަތްވަނީ ފާނައިގެ 10 ބާވަތަކަށެވެ. މިބާވަތްތަކުގެ ތެރެއިންވެސް އެންމެ ގިނައިން ބާނާފައިވަނީ މަސް ފާނަ (%22(، ގިނިމަސް ފާނަ (%20)، ބޯޅަޖެހި ފާނަ (%10)، އަދި ކަނޑުހާ (%9) އެވެ.
މަސްވެރިކަން ކުރުމުގައި ބޮޑު އަގު ލިބޭ ވަކި ޚާއްޞަ ބާވަތްތަކަށް މަސްވެރިން އިސްކަންދިން ނަމަވެސް، ބާނާ މަހުގެ ބާވަތްތަކަށް ބަދަލު އައިސްފައިވާތީ އެކަމުން ދޭހަވަނީ، ފާނައިގެ އެކި ބާވަތްތަކުގެ އާބާދީއަށް ބަދަލުތަކެއް އައިސްފައިވާކަމެވެ.
(މެރިން ރިސަރޗް ސެންޓަރ، 2011). އާންމުކޮށް ބާނާ ފާނައިގެ ބާވަތްތަކުގެ އިތުރުން، މުނިފޫހިފިލުވުމަށް ކުރާ މަސްވެރިކަމުގައި ޖިގު ބޭނުންކޮށްގެން ފުނުގައި އުޅޭ ފާނައިގެ ބާވަތްތައްވެސް ފަހަކަށް އައިސް ބާނަމުންދާ ކަން ފާހަގަކުރެވިފައިވެއެވެ.

