މާލެސިޓީ މައްޗަންގޮޅީ ގެއެއްގައި އަލިފާނުގެ ހާދިސާއަކަށް ހިނޔފިއެވެ.
ފުލުހުން ބުނީ އަލިފާން ރޯވެފައި ވަނީ ޗާންދަނީ މަގުގައި ހުންނަ މއ. އޮލިވީނާގޭގެ ތިންވަނަ ފަންގިފިލާގައި ކަމަށާއި އަލިފާން މިހާރު ނިއްވާލެވިފަައިވާ ކަމަށެވެ.
އަލިފާން ރޯވީ 3 ވަނަ ފަންގިފިލާގައި ހުރި ޔޫރޯ ސްޓޯރު ގުދަނުގައި ކަރަންޓްބޯޑެއްގައި ކަމަށް ވެސް މައުލޫމާތު ދެއްވިއެވެ.

އަލިފާން ރޯވީ 3 ވަނަ ފަންގިފިލާގައި ހުރި ޔޫރޯ ސްޓޯރު ގުދަނުގައި
މި ހާދިސާގައި މީހަކަށް އަނިޔާއެއް ލިބުނުކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައިނުވާ ކަަމަށް ވެސް ފުލުހުން ބުންޏެވެ.

