މެރިޓައިމް ދާއިރާއިން ފެށޭ ޚިދުމަތްތަކުން ރާއްޖޭގެ އިޤްތިޞާދަށް ހެޔޮ މަންފާތަކެއް ކުރާނެކަމަށް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހީމް ވިދާޅުވެއްޖެއެވެ.
އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހީމް މިހެން ވިދާޅުވީ ސޯޝަލްމީޑިޔާ، އެފްބީ ޕޯސްޓެއްގައެވެ. އެޕޯސްޓުގައި ވަޖީހު ވިދާޅުވީ،މެރިޓައިމް ދާއިރާއިން މިހާރު ފެށޭ ޚިދުމަތްތަކުން ކައިރި މުސްތަޤުބަލެއްގައި ރާއްޖޭގެ އިޤްތިޞާދަށް ހެޔޮ މަންފާތަކެއް ކުރަން ފަށާނެ ކަމަށެވެ.
ރާއްޖެ އުފެދިފައިވަނީ މެރިޓައިމް ދާއިރާއިން ބޮޑެތި ނަފާތަކެއް ޤައުމަށް ހޯދައިދެވިދާނެފަދަ މުހިންމު ލޮކޭޝަނެއްގައި ކަމަށް އެންމެންވެސް ޤަބޫލުކުރި ނަމަވެސް، މިހާރުގެ ސަރުކާރު ފިޔަވައި އެއްވެސް ސަރުކާރަކަށް މި ބޮޑު މަންފާ ރާއްޖެއަށް ހޯދައިދެވިފައި ނުވާ ކަމަށްވެސް ވަޖީހު ވަނީ ވިދާޅުވެފައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަން ފެށުމާއެކު، އަނަރޫފަވެފައިވާ ރާއްޖޭގެ އިޤްތިޞާދު ދިރުވައި ކޮޅަށް ޖެއްސެވުމަށްޓަކައި ފެށްޓެވި މަސައްކަތްޕުޅުތަކުގެ ތެރޭގައި ހިމެނޭ މުހިންމު އެއްކަމަކީ ރާއްޖޭގެ މެރިޓައިމް ދާއިރާއިން ދެވޭ ޚިދުމަތްތައް ފުޅާކުރައްވައި އިޤްތިޞާދީ ގޮތުން ޤައުމަށް ބޮޑު މަންފާތަކެއް މި ދާއިރާއިން ހޯއްދަވައިދެއްވުމުގެ މަސައްކަތްޕުޅުތައް ކަމަށް ވަޖީހު ފާހަގަކުރެއްވިއެވެ.
އެގޮތުން އެމްޕީއެލްއިން ލޯންޗްކޮށްފައިވާ "އުތުރު މެރިޓައިމް ސާވިސަސް" ވެބްސައިޓަކީ ރާއްޖޭގެ އުތުރުގައި ހިންގުމަށް ތައްޔާރުވަމުންދާ މެރިޓައިމް ޚިދުމަތްތަކާ ބެހޭ މަޢުލޫމާތު ސާފުކޮށްދޭ ވެބްސައިޓެއް ކަމަށާއި، މި ޚިދުމަތްތައް ފުޅާވަމުންދާ ވަރަކަށް އެ މަޢުލޫމާތުތައް ވެބްސައިޓުގައި އަޕްޑޭޓްކުރެވެމުން ގެންދެވޭނެ ކަމަށް ވަޖީހު ވިދާޅުވިއެވެ.
އިހަވަންދިއްޕޮޅުގެ ރަށްތަކާ ވަރަށް ކައިރިން ކޮންމެ 24 ގަޑިއިރެއްގެ ތެރޭގައި ދުނިޔޭގެ އެކި ޤައުމުތަކުގެ 250 ވަރަކަށް ބޮޑެތި ކާގޯ ބޯޓު ދަތުރުކުރަމުންދާއިރު، އެމްޕީއެލްގެ އަމާޒަކީ މި ބޯޓުތަކަށް ބޭނުންވާ އެކިއެކި ޚިދުމަތްތައް ފޯރުކޮށްދޭނެ އިންތިޒާމްތައް ހަމަޖައްސައިދިނުން ކަމަށް ވަޖީހު ވަނީ ފާހަގަ ކުރައްވާފައެވެ.
ދުނިޔޭގެ އެހެން ޤައުމުތަކުންވެސް ކާގޯ ބޯޓުފަހަރަށް ފޯރުކޮށްދޭ މިފަދަ ޚިދުމަތްތަކުގެ ތެރޭ ހިމެނޭ އެންމެ މުހިންމު 14 ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި އެމްޕީއެލްއިން ތައްޔާރުވަމުންދާ ކަމަށާއި، މި ޚިދުމަތްތަކުގެ މަޢުލޫމާތު ޔޫއެމްއެސް ވެބްސައިޓުގައި ހިމަނާފައިވާނެކަން ހާމަކުރެއްވުމާއެކު، ވަޖީހު ވިދާޅުވީ މީގެ ތެރެއިން ތެލުގެ ޚިދުމަތް ފިޔަވައި އެހެން ހުރިހާ ޚިދުމަތްތަކެއް ފޯރުކޮށްދޭނީ އެމްޕީއެލްއިން ކަމަށާއި، ތެލުގެ ޚިދުމަތް ފޯރުކޮށްދޭނީ އެސްޓީއޯއިން ކަމަށެވެ.
ހަމައެހެންމެ، މިއީ އިންޓަނޭޝަނަލް މާކެޓަށް ދެވޭ ޚިދުމަތްތަކަކަށްވާއިރު، ކޮމްޕެޓިޓިވް މާކެޓެއްގެ ތެރެއިން އެޓްރެކްޓިވް ޚިދުމަތްތަކެއް ފޯރުކޮށްދީ، ރަނގަޅު މާކެޓް ޝެއަރއެއް ރާއްޖެއަށް ހޯދުމަކީ އެމްޕީއެލްގެ އަމާޒުކަން ފާހަގަކުރެއްވުމާއެކު ވަޖީހު ވިދާޅުވީ، މި ޚިދުމަތްތަކާ ބެހޭ މަޢުލޫމާތު އެމްޕީއެލްގެ ވެބްސައިޓް (ums.mv) އިން މިހާރު ލިބެން ހުންނާނެ ކަމަށެވެ.
މިއީ 24 ގަޑިއިރުގެ އޮޕަރޭޝަނަކަށްވާއިރު، މި ޚިދުމަތް ދޭނެ މުވައްޒަފުން މިކަމަށް އަހުލުވެރިކުރުވައި، މިކަމަށް ބޭނުންވާ ވަސީލަތްތައް ޤާއިމްކުރުމުގެ މަސައްކަތް އެމްޕީއެލްއިން ކުރަމުންދާ ކަމަށްވެސް ވަޖީހު ވަނީ ވިދާޅުވެެފައެވެ.
އެ ކުންފުނިން ފޯރުކޮށްދޭން ނިންމާފައިވާ ހިދުމަތްތަކުގެ ތެރޭގައި:
- ކްރޫ ޗޭންޖް
- ޝިޕް ޓު ޝިޕް (އެސްޓީއެސް) ސާވިސް
- ޕައިލޮޓޭޖް ސާވިސް
- އަންޑާވޯޓާ ސާވިސް
- ޓަގް ސާވިސް
- މެރިން ސަލްވޭޖް
- ރިސެޕްޝަން ފެސިލިޓީސް
- ސްޕީޑްބޯޓު/ލޯންޗް ސާވިސް
- ފްރެޝް ވޯޓާ ސަޕްލައި
- ޔޮޗް ޑޮކިންގ ސާވިސް
- މެއިންޓެނެންސް ސާވިސް
- ސްޕްލައި އޮފް ޕްރިވިޝަންސް
- ލުބްރިކޭޓިންގ އެންޑް ހައިޑްރައުލިކް އޮއިލް ސަޕްލައި
"އަޅުގަނޑުމެންގެ އަމާޒަކީ، މިއީ އިންޓަރނޭޝަލަލް މާކެޓަށް ދެވޭ ޚިދުމަތް ތަކަކަށް ވާއިރު، ކޮމްޕެޓިޓިވު މާކެޓެއްގެ ތެރެއިން، އެޓުރެކްޓިވް ޚިދުމަތް ތަކެއް ފޯރު ކޮށްދީ، ރަނގަޅު މާކެޓް ޝެއާރ އެއް ރާއްޖެ އަށް ހޯދުން،". ވަޖީހު ވިދާޅުވެފައި ވެއެވެ.
ވަޖީހު ވަނީ މެރިޓައިމް ދާއިރާ އިން، މިފެށޭ ޚިދުމަތްތަކުން، ކައިރި މުސްތަގުބަލެއްގެ ތެރޭގައި ރާއްޖެއާއި ރާއްޖޭގެ އިގުތިސާދަށް ހެޔޮ މަންފާތަކެއް ތަކެއް ކުރަން ފަށާނެކަމަށްވެދސް ވިދާޅުވިއެވެ.

