ހުޅުމާލޭގައި ބާރު ސްޕީޑްގައިި ދުއްވާފައި ދިޔަ ކާރެއްގައި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއްގައިި މީހަކު ނިޔާވެއްޖެއެވެ.
މި އެކްސިޑެންޓް ހިނގީ ރޭ މެންދަމުގެ ވަގުތެއްގައެވެ.
ފުލުހުން މިއަދު ބުނީ މި އެކްސިޑެންޓުގައި ހިމެނޭ ސައިކަލު ދުއްވަން އިން މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތުދީފައިވާ ކަމަށެވެ. ނިޔާވެފައިވަނީ 23 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
މި އެކްސިޑެންޓްގައި ހިމެނޭ ކާރު ދުއްވަން އިން މީހާ މިހާރު ހައްޔަރުކޮށްފައިވާ ކަމަށާއި އެއީ 26 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓްގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

