އިއްޔެއަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ހަޔާތުގައި، އެއްދުވަހަކަށް އެންމެ ގިނަ ކޮންޓެއިނާރ ހޭންޑުލް ކުރެވުނު ތާރީޚީ ދުވަސް ކަމަށް އެ ކުންފުނީގެ ސީއީއޯ މުޙައްމަދު ވަޖީހު ވިދާޅުވެއްޖެއެވެ.
މިކަން ފާހަގަކުރައްވައި ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަޖީހު ވިދާޅުވީ އިއްޔެ 934 ކޮންޓެއިނާރ އަށް ޚިދުމަތް ދެވިފައިވާ ކަމަށެވެ.
އަދި މީގެ ކުރިން އެންމެ ގިނަ ކޮންޓެއިނާރ އެއްދުވަހަކަށް ހޭންޑުލް ކުރެވިފައިވަނީ ވެސް މި ދައުރުގައި ކަމަށާއި އެެއީ 650 ކޮންޓެއިނަރ ކަމަށް ވަޖީހު ވިދާޅުވިއެވެ.
މީގެއިތުރުން ވަޖީހު ވިދާޅުވީ އެމްޕީއެލްގެ މެނޭޖްމެންޓުން މަސައްކަތް ކުރަމުން ދާނީ، “ލައިޓެނިންގް ސްޕީޑު” ގައި މަސައްކަތް ކޮަށް ރައްޔިތުން ހިތްހަމަ ޖެހޭފަދަ ޚިދުމަތް ތަކެއް ފޯރު ކޮށްދިނުމަށް ކަމަށެވެ.
ވަޖީހުގެ ޕޯސްޓު ނިންމަވައިލައްވަމުން ވަނީ އެމްޕީއެލްގެ ހިތްވަރުގަދަ ޓީމަށާއި، އެހެނިހެން ސްޓޭކް ހޯލްޑަރުންނަށް ޝުކުރު އަދާކުރައްވައިފައެވެ.

