އެއް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 22 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ފިރިހެނެކެވެ. އެ ދެމީހުންނަކީ ވެސް ދިވެހިންނެވެ.
އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
ފުލުހުންނާ ހަވާލާދީ ކޯޓު އަމުރުގައި ބުނެފައިވަނީ އެ މީހުން ތިބި އެޕާޓްމަންޓްގެ ބަދިގެއާއި ކޮޓަރިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށާއި މަސްތުވާތަކެތި ބަންދުކުރާ ސާމާނު ފެނިފައިވާ ކަމަށެވެ. އަދި މި އެޕާޓްމަންޓްގެ އިތުރުން މި މައްސަލައާ ގުޅިގެން ބަލައި ފާސްކުރެވުނު އެހެން އެޕާޓްމަންޓަކުންނާއި ދެ ކާރުން މަސްތުވާތަކެތި ފެނިފައިވާ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.
ޖުމްލަ 01 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި މި މައްސަލާގައި ފެނިފައިވޭ.
ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކަކީ ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ވެސް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.

