މުޙައްމަދު ތަކުރުފާނަކީ ހިތްވަރާއި އަޒުމުގެ މަދަރުސާއެއް ކަމަށާއި، ޤައުމު ދެކެ ލޯބިވުމާއި ދީނަށް ވަފާތެރިވެ އަގީދާއަށް އަމާނާތްތެރިވުމުގެ މަތިވެރި ނަމޫނާއެއް ދެއްކެވި ޝަޚުސިއްޔަތެއް ކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޝަހީމް މިހެން މިހެން ވިދާޅުވީ ޤައުމީ ދުވަހުގެ ޙާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޝަހީމް ވިދާޅުވީ އުތީމަކީ ދިވެހި އުއްމަތަށް، ޒަޢާމަތެއް ނެރުއްވި މަދަރުސާއެއް ކަމަށެވެ. އަދި ރަށް ކުޑަނަމަވެސް ފަޚުރުވެރި ތާރީޚުގައި އުތީމުގެ ނަން ލިޔެވިފައި އޮތީ ރަން އަކުރުން ކަމަށެވެ.
މިއަދުވެސް އެފަދަ ޝަހުސިއްތުތައް ނުނެރެވެންވީ އެއްވެސް ސަބަބެއްނެތް ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

