ހަރު އުމުރުގެ ފިރިހެނަކަށް އޮޅުވާލުމަށްފަހު ކޮޓަރިއަކަށް ގެންގޮސް ރަހީނުކޮށް އޭނާގެ އަތުން 53000 ރުފިޔާ ފޭރިގަތް އަންހެނަކު ހައްޔަރު ކޮށްފިއެވެ.
އޮގަސްޓްމަހު 26 ވަނަ ދުވަހު ހިނގި މި ހާދިސާގައި އެ އަންހެން މީހާ ވަނީ މާފަންނު މުރަގަ މަގުމަގިގައި ހިންގަމުން އަންނަ ގެސްްޓްހައުސްއަކަށް ގެންގޮސް އިތުރު ފިރިހެނެއްގެ ބައިވެރިވުމާއެކު އެ ފިރިހެން މީހާގެ ފޯނާއި ކޭޝްކާޑްވެސް އަތުލައިގެންފައެވެ.
މި ކަން ހިނގީ އައިޖީއެމްކައިރީގައި އެ ފިރިހެންމިހާ ހުއްޓާ އޭނާ އަށް ރޫމަކަށް ދިއުމަށް ދައުވަތު ދިނުމަށްފަހު އެ ފިރިހެންމީހާ ރޫމަށް ދިއުމުންކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލަގައި ހައްޔަރު ކޮށްފައިވަނީ އައިޝަތު މަލްޖާ މޫސާދީދީ ނަމަކަށް ކިޔާ އަންހެނަކެވެ. އެއީ އުމުރު 27 އަހަރުގެ އަންހެނެއް ކަމަށާއި، އެއީ އައްޑޫ ސިޓީ މަރަދޫއަށް ނިސްބަތްވާ އެރަށު ކުންނާރުގޭ އަންހެނެއް ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައިގެ ތުހުމަތުގައި މަލްޖާ ހައްޔަރު ކޮށްފައިވާއިރު އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ދިއުމުން ފުލުހުން ބުނެފައިވަނީ ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް 15 ދުވަހުގެ މުއްދަތެއް ޖަހާފައި ކަމަށެވެ. އެ މައްސަލައިގައި އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ގެންދަނީ ބަލަމުން ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

