ހުޅުމާލެ ފޭސް 2 އެެއްްގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު 6:50 އެހާކަށްހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މަންޒަރު ދުށްމީހަކު ހުވަދޫ އަށް ބުނީ މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ކާރަކާ ސައިކަލެއް ޖެހިގެން ކަމަށެވެ.
ފުލުހުން ބުނީ ފޭސް 2 އެއްގައި ދުއްވި ސައިކަލަކާއި، ކާރެއްޖެހި އެކްސިޑެންޓްވި މައްސަލައެއް ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެެވެ. މި އެކްސިޑެންޓްގައި ސައިކަލް ދުއްވަންއިން މީހާއަށް ސީރިއަސް އަނިޔާތަކެއް ވެފައިވާ ކަމަށާއި އަދި މިހާރުވެސް ހުޅުމާލެ ހޮސްޕިޓަލުގައި އެމީހާއަށް ފަރުވާދެމުން އަންނަ ކަމަށެވެ.
މި މައްސަލަ ފުލުހުން އަންނީ ތަހުގީގް ކުރަމުން ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
އިއްޔެވެސް ވަނީ ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައެވެ. އެ އެކްސިޑެންޓްގައިވަނީ 23 އަހަރުގެ ޒުވާނެއްގެފުރާނަ ވެސް ގެއްލިފައެވެ.

