ދައުލަތުގެ ބެލުމުގެ ދަށަށް ގެންދެވޭ ކުދިން ބަލަހައްޓަމުން ގެންދާ ފިޔަވަތީގެ ފިރިހެން ކުއްޖަކާ ބެހުނު މައްސަލައެއް ފެންމަތި ވެއްޖެއެވެ.
މި މައްސަލައާއި ގުޅޭ ގޮތުން ސޯޝަލްމީޑިއާގައި މީހަކަު ބުނެފަިއވަނީ މި ކަން ހިނގާފައިވަނީ 12 އަހަރުގެ ކުއްޖަކަށް ކަމަށެވެ.
ނަމަވެސް މިއީ ސައްހަ މައުލޫމާތެއް ކަމެއް އަދި ކަށަވަރުވެފައި ނުވެއެވެ.
މި ފަދަ މައްސަލަތަކަކީ ރާއްޖޭގައި މިހާރު އާންމު މައްސަލަތަކެކެވެ. ނަމަވެސް ކުޑަކުދިންނާއި ބެހޭ މިފަދަ މައްސަލައެއް މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ ގާނޫނުން ވަނީ ބޮޑު އަދަބެއް އެމިހަކަށް ލިބޭ ގޮތަށް ބަދަލު ގެނެސްފައެވެ.

