މިދިޔަ ޖުލައިމަހު ބޭންކުތަކުން ލޯނުގެ ގޮތުގައި ދޫކޮށްފައިވާ ޢަދަދު އޭގެ ކުރީ މަހާއި އަޅާބަލާއިރު އިތުރުވެފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ، އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އޮގަސްޓުމަހު އެމްއެމްއޭއިން ނެރެފައިވާ އިކޮނޮމިކް އަޕްޑޭޓް ރިޕޯޓް ދައްކާގޮތުން މިދިޔަ ޖުލައިމަހު ބޭންކުތަކުން ދޫކޮށްފައިވާ ލޯނުތަކުގެ ޢަދަދު ހުރީ 12އިންސައްތައިގައެވެ. އަދި ޖޫންމަހު އެ އަދަދު ހުރީ %11ގައެވެ.
ރިޕޯޓުގައިވާގޮތުން މައިގަނޑު ހުރިހާ ދާއިރާއަކަށް ދޫކޮށްފައިވާ ލޯނުތަކުގެ ޢަދަދު ޖުލައިމަހުވަނީ އިތުރުވެފައެވެ.
ލޯނު ދޫކުރި ޢަދަދު އިތުރުވެފައިވާ ދާއިރާތައް ކަމަށް އެ މިނިސްޓްރީން ބުނެފައިވަނީ، އިމާރާތް ކުރުމުގެ ދާއިރާއާއި، ރިއަލް އެސްޓޭޓްމެންޓްގެ ދާއިރާއާއި، ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާ ކަމަށެވެ.
ޖުލައި މަހު ލޯނުދޫކޮށްފައިވާ ޢަދަދު ދަށަށް ގޮސްފައިވަނީ ވިޔަފާރީގެ ދާއިރާއިންނެވެ.
މި ޢަދަދު އެންމެ ބޮޑަށް އިތުރުވެފައިވަނީ އިމާރަތްކުރުމުގެ ދާއިރާއިންނެވެ. އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު %25ގެ ކުރިއެރުމެއްވަނީ ލިބިފައެވެ.

