އިނާ މޯލްޑިވްސް ގެ ދެ އޮފީސް ފަޅާލައި އެތަނުން ވައްކަން ކުރި މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދަށް އިތުރު 30 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުގެ މުއްދަތު ކޮމިޓީން ދީފި އެވެ.
އެ މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ ރ.މީދޫ / ބުލްބުލާގެ 40 އަހަރުގެ އަޒްމީލް މުހައްމަދު އެވެ.
އޭނާގެ ބަންދަށް ފުރަތަމަ ދިނީ ފަސް ދުވަހެވެ. އެ މުއްދަތު ހަމަވުމުން ބަންދުގެ މުއްދަތު ވަނީ އިއްޔެ އިތުރުކޮށްފަ އެވެ.
އިނާ މޯލްޑިވްސްގެ ވެރިފަރާތް ކަމުގައިވާ މުހައްމަދު ފިރާގު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރަން ޒުވާނުން ރަނގަޅު މަސައްކަތް ކުރަން ޖެހޭ ކަމަށާއި، ވައްކަން ކުރުމަކީ އެކަމަށް އޮތް އެންމެ ރަނގަޅު މަގު ނޫން ކަމަށެވެ.
މިދިޔަ މަހުގެ ތެރޭގައި ވެސް އޮފީހެއް ފަޅާލައި ވައްކަން ކުރި ދެމީހަކު ހައްޔަރު ކޮށްފައި ވެއެވެ.

