ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި މޭރީބްރޯން ކައިރީގައި އޮންނަ ޓޯޔާޑްތެރޭން ފެންނަ ވެހިކަލްތަކަކީ ގަވާއިދުގެ ތެރެއިން ނައްތާލާ ވެހިކަލްތަކެއް ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ އެއީ 6 ސެޕްޓެމްބަރުގައި ގަވާއިދުގެ ތެރެއިން ނައްތާލުމަށް ނިންމާފައިވާ ވެހިކަލް ތަކެއް ކަމަށާއި، ދައުރުވަމުންދާ ވީޑިއީއިން ފެންނަނީ އެ ވެހިކަލްތައް އެއްތަނަކަށް ޖަމާ ކުރާ މަންޒަރު ކަމަށެވެ.
މިހާ ހިސާބަށް ނައްތާލެވުނު ވެހިލްތައް ކަމަށް ފުލުހުން ބުނެފައިވަނީ ދެ ފުރޮޅުލީ 247 ވެހިކަލް އާއި، 4 ފުރޮޅުލީ 29 ވެހިކަލް އާއި، 223 ބައިސްކަލެއް ކަމަށެވެ.
އަދި އެއް އެމްބިއުލާންސް ވެސް ހިމެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައި ވެއެވެ. ޖޫން މަހުންފެށިގެން ވެހިކަލް ޓޯވް ކުރުމުގެ މަސައްކަތް ފުލުހުން ގެންދަނީ ކުރަމުންނެވެ. މީގެ ކުރިންވެސް ފުލުހުން ބުނީ ގަވާއިދާއި ޙިލާފަށް ދުއްވާ އުޅަނދުތަކާއި ބާވެ ވިރާބެވެފައިވާ އުޅނަދުތަކާ މަގުމަތީގައި ތިބެ ގިނަދުވަސްވެފައިވާ އުޅަނދުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންވޭނެ ކަމަށެވެ.

