ޑޮލަރު ވިއްކާކަމަށް ބުނެ ސްކޭމްތަކެއް ހިންގާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އެދެފިއެވެ.
ފުލުހުން ކުރި ޕޯސްޓެއްގައި ބުނީ، ޑޮލަރު ވިއްކާކަމަށް ބުނެ ސޯޝަލް މީޑިއާ ގެ ވަސީލަތްތައް މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ އަމަލުތައް އިތުރުވަމުންދާ ކަމަށެވެ.
ފުލުހުން ބުނީ، ބޭރު ފައިސާ ގަނެ ވިއްކުމުގެ މުއާމަލާތް ކުރުމުގައި، އިތުބާރު ހުރި، ގާނޫނީ ގޮތުން ހުއްދަ ލިބިފައިވާ ފަރާތްތަކާއި މުއާމަލާތް ކުރުމަކީ މިފަދަ ސްކޭމްތަކުން ސަލާމަތްވުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށެވެ.
ދާދި ފަހަކަށް އައިސް ރާއްޖޭގައި ސްކޭމްގެ މައްސަލަތައް އާއްމުވެފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

