ހުޅުމާލޭ ހައިވޭ ކައިރީ ހުންނަ ޕެޓްރޯލް ޝެޑް ކައިރީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
މި އެކްސިޑެންޓްގައި އަނިޔާވީ އަންހެނަކާ ފިރިހެނަކަށެވެ. މިއީ ދެ ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓެއް ކަމަށް ފުލުހުން ވަނީ ބުންފައެވެ. މި އެކްސިޑެންޓްގައި އަނިޔާ ލިބުނު ދެ މީހުން މިހާރުވަނީ ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލަވެސް ފުލުހުން ގެންދަނީ ތަހުގީގް ކުރަމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި ރޭ މި އެކްސިޑެންޓް ހިނގާފައިވާއިރު އިއްޔެ ރޭ ދަންވަރު ހުޅުމާލޭގައި ހިނގައިދިޔަ އެކްސިޑެންޓްގައިވަނީ 23 އަހަރުގެ ޒުވާނަކު ނިޔާވެފައެވެ. އަދި މިއަދު ހެނދުުނު 6:50 ހިނގައިދިޔަ އެކްސިޑެންޓްގައި އަނިޔާވި މީހަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުން ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

