ބުރާސްފަތި ދުވަހު މާލޭގަ ހިނގި އެސިޑެންޓްގަ ހާލު ދެރަވި 21 އަހަރު ޒުވާނާ ނިޔާވެއްޖެއެވެ.
މި އެކްސިޑެންޓްގައި ނިޔާވެފައިވަނީ ގދ. ގައްދޫއަށް އުފަން ލީވާން ނަމަކަށް ކިޔާ ޒުވާނަކެވެ. އޭނާ ނިޔާވެފައިވަނީ ރޭ 10 ޖެހި އިރު ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.
މި އެކްސިޑެންޑް ހިނގީ ބޮޑިތަކަތުރުފާނުމަގާ ކޮއިމަލާ ހިނގުމާ ގުޅޭ ކަންމަތީ ކާރަކާ ސައިކަލެއް ޖެހިގެން ކަމަށްވެސް ފުލުހުން ބުނެއެވެ. ލީވާން ނިޔާވެފައިވަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށެވެ.
މި ދުވަސްކޮޅު މާލެ ސަރަހައްދުގައި އެކްސިޑެންޓްތައް ހިނގާލެއް އިތުރެވެ. ފުލުހުން ވަނީ ބާރު ދުވެލި މަޑުކުރުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި ސަރުކާރުންވެސް ވަނީ އެކްސިޑެންޓް މަދު ކުރުމަށް ފިޔަވަޅުތަކެއް އަޅަންވެސް ނިންމާފައެވެ.

