ގައުމީ އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ އެންމެ މޮޅު ފިރިހެން އެތުލީޓުގެ މަގާމު އިބާދުﷲ އާދަމް އަދި އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމު ފަސޫހާ އަޙްމަދު ހޯދައިފިއެވެ.
އިއްޔެ ހަވީރު އޮތް ގައުމީ މުބާރާތުން އިބާދުﷲ އާދަމް އެންމެ މޮޅު ފިރިހެން އެތްލީޓެއްގެ މަގާމް ހޯދީ އެންމެ މޮޅު ފިރިހެން އެތްލީޓެއްގެ ގޮތުގައި ވިދިވިދިގެން 5 އަހަރު އެވޯޑް ހާސިލްކުރެއްވި ހަސަން ސާއިދުއަށް އަށްވުރެ ކުރިއަށް ޖެހިގެންނެވެ. ރައުހަތު ސްޕޯޓްސްގެ އިބާދުﷲ ވަނީ މި ފަހަރުގެ މުބާރާތުގައި ދެ ރަން މެޑަލް ހާސިލުކޮށްފަވެއެވެ. އެއީ 100 މީޓަރު ދުވުމާއި 200 މީޓަރު ދުވުމުންނެވެ.

އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމު ހޯދި ފަސޫހާ ހޯދާފައިވަނީ ތިން ރަން މެޑައްޔެވެ. އޭނާ ވަނީ 1500 މީޓަރު ދުވުމުގެ ގައުމީ ރިކޯޑުވެސް މިފަހަރު އާކޮށްފައެވެ.
ފަސޫހާ ރަން މެޑަލް ހޯދާފައިވަނީ 1500 މީޓަރު ދުވުމުގެ އިތުރުން 800 މީޓަރާއި 400 މީޓަރު ދުވުމުންނެވެ.

