ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ގެ މަގާމުން ޔޫސުފް އަބްދުލް ގަފޫރު (ޔޫސޭ) ވަކިކޮށްފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޔޫސުފް އެ މަގާމުން ވަކި ކޮށްފައިވަނީ މި ހިނގާ ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހުގައެވެ. ޔޫސުފް މި މަގާމުން ވަކި ކުރި ސަބަބެއް ސަރުކާރުން ހާމަކޮށްފައިނުވެއެވެ.
ޔޫސުފް އަކީ މީގެ ކުރިން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވައި 2009 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާއި ހަމައަށް ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
ހޯމް މިނިސްޓްރީގައި ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި 6 ބޭފުޅުން ތިއްބެވިއިރު ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި 17 ބޭފުޅަކު އެބަ ތިއްބެވިއެވެ. މީގެ އިތުރުން އެ މިނިސްޓްރީގައި ހުންނެވީ 13 ޕޮލިޓިކަލް ޕޮލިޓިކަލް ޑިރެކްޓަރުންނާއި ޕާމަނަންޓް ސެކްރެޓަރީއެކެވެ.

