މަދަނީ ޖަމްއިއްޔާތަކުގެ ތެރެއިން ފައިސާގެ އެހީ ލިބޭ ޖަމިއްޔާތަކާއެކު ވާ އެއްބަސް ވުމުގައި ސޮއި ކުރަން ފަށައިފިއެވެ.
މަދަނީ ޖަމިއްޔާތަކުގެ ތެރެއިން ފައިސާގެ އެހީ ލިބޭ ޖަމިއްޔާތަކާއެކު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައި ވަނީ ގްރާންޓް ލިބޭ ދިހަ ޖަމްއިއްޔާއަކާ އެކުގައެވެ. އަދި މާދަމާ ވެސް އިތުރު ޖަމްއިއްޔާތަކާއެކު ސޮއިކުރުން ކުރިއަށް ދާނެއެވެ. ޖުމްލަ ސޯޅަ ޖަމިއްޔާއަކަށް ގްރާންޓް ދިނުމަށް ހަމަޖެހިފައިވާއިރު މި އެއްބަސްވުންތަކުގައި ސޮއިކުރުން ކުރިއަށް ދާނީ މިއަދުން ފެށިގެން މާދަމާގެ ނިޔަލަށެވެ.
މަދަނީ ޖަމްއިއްޔާތަކުން ހިންގާ މުޖުތަމައު ބާރުވެރިކުރުމުގެ މަޝްރޫއުތަކާއި، ހަރަކާތްތައް ހިންގުމަށް ފައިސާގެ އެހީ ދިނުމަށް ނިންމާ އިއުލާނުކޮށްފައި ވަނީ މިއަހަރުގެ މެއި މަހުގެ ތެރޭގައެވެ.
މި ފިޔަވަހީގައި އެހީ ދިނުމަށް ހަމަޖެހިފައިވަނީ ކުދި، މެދު އަދި ބޮޑެތި މަޝްރޫއުތަކާއި ހަރަކާތްތައް ހިންގުމަށެވެ.
މިއަދު ސޮއިކުރި ޖަމިއްޔާތައް:
- ދުވާފަރު ޔޫތު މޫވްމަންޓް
- އައިކަންސް އެސޯސިއޭޝަން
- ތުޅާދޫ ސިލްވަރ ޝައިންސް ކްލަބް
- ޑައިބިޓީސް ސޮސައިޓީ އޮފް މޯލްޑިވްސް
- ޖަމްއިއްޔަތުލް ސަލަފް
- ހުޅުދެލީ އައިލެންޑް ސޯޝަލް އެންޑް ސްޕޯޓްސް އެސޯސިއޭޝަން
- ޓޮޕްސީ
- އެސޯސިއޭޝަމް ފޯރ މަތިވެރި ސްޕޯޓްސް އެންޑް އެވެއާނަސް
- ގަމު ޒުވާނުންގެ ޖަމްއިއްޔާ
- ސޮސައިޓީ ފޯ ތުނޑީ އެޑްވާންސްމަންޓް އެންޑް ރެކްރިއޭޝަން
މަދަނީ ޖަމްއިއްޔާތަކަށް އެހީ ދިނުމުގެ މައިގަނޑު މަގްސަދަކީ މުޖުތަމައު ބާރުވެރިކުރުމަށް މަދަނީ ޖަމްއިއްޔާތަކުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް އެފަދަ މަސައްކަތްތަކަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދިނުމާއެކު ގައުމީ ތަރައްގީގައި މަދަނީ ޖަމްއިއްޔާތަކުގެ ދައުރު ފުޅާ ކުރުމެވެ.

