މާފަންނު ބަސް ޓާމިނަލް ކައިރިން އަނެއްކާވެސް އެކްސިޑެންޓެއް ހިނގައިފިއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ މިރޭ 29: 18 އެހާކަށް ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް ފަރުވާ ދިނުމަށް ވަނީ އައިޖީއެމްއެޗްއަށް ގެންގޮސްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގް ކުރަމުން ކަމަށްވެސް ފުލުހުން ބުނެއެވެ.
މި މަހު ހަވަނަ ދުވަހު ހިނިގި އެކްސިޑެންޓަށްފަހު އިއްޔެވެސް ވަނީ ދެ އެކްސިޑެންޓް ހިނގާފައެވެ. އެކްސިޑެންޓްތައް މަދު ކުރުމަށް ސަރުކާރުން ވަނީ މަސައްކަތްވެސް ފަށާފައެވެ. އަދި ކޮންމެ ދުވަހެއްގަވެސް ފުލުހުން މަގުމަތި ދަނީ ބަލަހައްޓަމުންނެވެ.

