ސިނަމާލެ ބުރިޖާއި ހައިވޭ ހުރަސްކޮށް ސައިކަލެއްގައި މާގަސްތަކެއް ހިފައިގެން ދަތުރުކުރި މީހަކަށް ފިޔަވަޅު އަޅައިފި އެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ގަވައިދާ ހިލާފަށް މުދާ އުފުލުމުން، ފިޔަވަޅު އެޅީ ދިވެހި ފިރިހެނަކަށް ކަމަށެވެ.
ފުލުހުން ވަނީ އޭނާ 750 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.
ފުލުހުން ބުނީ މި ފަދަ އަމަލުތަކަކީ ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ނުރައްކާވެދާނެ ކަންކަން ކަމުގައިވާތީ، މިފަދަ އަމަލުަތަކުން ދުރުހެލިވުމަށް އެންމެހާ ފަރާތްތަކަށް ހަނދާން ކޮށްދޭ ކަމަށެވެ.
ފުލުހުން ވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ޗެކް ޕޮއިންޓްތައް ގާއިމްކޮށް އުޅަނދުފަހަރު ބަލައި ފާސް ކުރަން ފަށާފަ އެވެ.

