ރާއްޖެއަށް އޮތް އެންމެ ބޮޑު ހުރަހަކީ ރައުސްމާލު ނެތުން ކަމަށާއި ރާއްޖޭގައި ޤާއިމުކުރާ ޑިވެލޮޕްމަންޓު ބޭންކުން ޓެކްނޮލޮޖީގެ ދާއިރާގައި އާ ގޮތްތަކާއި ހިޔާލުތައް ތައާރަފް ކުރުމަށް (ޑިޖިޓަލް އިނޮވޭޝަން) އިސްކަން ދޭނެ ކަމަށެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ މިއަދު ފެށި "ސަމިޓް އޮފް ދަ ފިއުޗާ ސައިޑް އިވެންޓް: އަ ވިޝަން ފޯ އަ އިންޓެލިޖެންސް ޑްރިވެން ފިއުޗާ ފޯ މޯލްޑިވްސް" ހުޅުވުމުގެ ރަަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ރަސްމިއްޔާތުގައި ރައީސް ޑރ މުއިއްޒު ވިދާޅުވީ "ޑިޖިޓަލައިޒޭޝަނަކީ އަޅުގަނޑުމެންގެ ޤައުމީ ތަޞައްވުރުގެ މައިގަނޑު ބިންގާ" ކަމަށެވެ. އަދި ކޮންމެ ދިވެއްސަކަށްވެސް، އެމީހަކު ދިރިއުޅޭ ރަށަކާ ނުލައި، ކުރިއެރުމަށް ބޭނުންވާ ޑިޖިޓަލް ވަސީލަތްތަކަށް ވާސިލުވުމުގެ ފުރުޞަތު ހޯދައިދިނުމަށް ސަރުކާރުން ވަނީ ވަޢުދުވެފައި ކަމަށް ރައީސް ޑރ މުއިއްޒު ވިދާޅުވިއެވެ.
ވޭތުވެދިޔަ ދިހަ އަހަރުގެ ތެރޭގައި ރާއްޖޭގެ ރަށްތައް ގުޅުވާލުމަށްޓަކައި ބޭނުންވާ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމަށް ބޮޑެތި ފިޔަވަޅުތަކެއް އެޅިފައިވާކަން ރައީސް ޑރ މުއިއްޒު ފާހަގަކުރެއްވިއެވެ. މިގޮތުން، މިހާރު ރާއްޖޭގެ އާބާދީގެ 100 ޕަސެންޓަށް ހައިސްޕީޑް އިންޓަރނެޓްގެ ޚިދުމަތް ލިބެމުންދާ ކަމަށާއި، މި ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މި ބައްދަލު ކުރެއްވުމުގައި ދެއްކެވި ވާހަފުޅުގައި ރައީސް ޑރ މުއިއްޒު ވަނީ ޒުވާނުންނަށާއި އަންހެނުންނަށް ޑިޖިޓަލް އިޤްތިޞާދުގައި ކާމިޔާބު ވުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުމުގެ މަސައްކަތް ކުރިއަށްދާކަމަށް ވިދާޅުވެފައެވެ. އަދި ޑިޖިޓަލް ވަސީލަތްތަކަކީ ދެމެހެއްޓެނިވި އަދި ވިލުންވެރި މުސްތަޤްބަލެއް ބިނާކުރުމަށް އެހީވެދޭ އެއްޗެއްކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ޑރ މުޢިއްޒު ވިދާޅުވީ، ޑިޖިޓަލް ވަސީލަތްތަކުގެ ސަބަބުން ޞިއްޙަތު، ތަޢުލީމު އަދި ސަރުކާރުގެ ޚިދުމަތްތަކުގެ ފަދަ އަސާސީ ޚިދުމަތްތަކަށް ދުރުން ވާޞިލުވުމުގެ ފުރުޞުރުޞަތު ލިބި، ޚިދުމަތް ފޯރުކޮށްދިނުމުގައި ހުރި ގެޕްތައް ފޫބެއްދުމަށް އެހީތެރިވެދޭ ކަމަށެވެ. މީގެ އިތުރުން، އީ-ކޮމާސް، ޑިޖިޓަލް ޕޭމަންޓްސް އަދި ވިޔަފާރިވެރިކަން ކުރިއެރުވުމަށް މަގުފަހިކޮށްދީ، އިޤްތިޞާދު ތަފާތު ދާއިރާތަކަށް ފުޅާކުރުމަށް އެހީތެރިވެދޭކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ މުއިއްޒުގެ ވާހަކަފުޅުގައި، ޑިޖިޓަލް ޑިވައިޑް ފަދަ މައްސަލަތަކަކީ ބައިނަލްއަޤްވާމީ އެއްބާރުލުން ބޭނުންވާ ކަންކަން ކަމަށް ފާހަގަކުރައްވައި މި މައްސަލަތައް ޙައްލުކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއާއެކު މަސައްކަތްކުރުމަށް ދިވެހިރާއްޖެ އޮތީ ތައްޔާރަށް ކަމަށް ވަނީ ވިދާޅުވެފައެވެ.
ރައީސް މުޢިއްޒު ވާހަކަފުޅު ނިންމަވާލެއްވީ، "ކުރިއަށް ބަށް ބަލާއިރު، އަޅުގަނޑުމެންގެ ވެ ވިޝަން ވަރަށް ސާފު: ކޮންމެ ރައްޔިތަކު، ކޮންމެ ވިޔަފާރިއެއް އަދި ކޮންމެ މުއައްސަސާއެއް ޑިޖިޓަލީ ބާރުވެރިވެފައިވާ ދިވެހިރާއްޖެއެއް. އަޅުގަނޑުމެން މިހާރު މި ބިނާކުރަނީ އެކުލެވިގެންވާ، އައު އީޖާދުތަކަށް މަގުފަހިވެފައިވާ، އަތްފޯރާފފަށުގައިވާ އަދި ދެމެހެއްޓެނިވި ޑިޖިޓަލް އިޤްތިޞާދެއް،" މިފަދައިން ވިދާޅުވުމާއެކު ގައެވެ.
ރައީސް އިތުރަށް ވިދާޅުވީ، ދިވެހިރާއްޖޭގެ ޑިވެލޮޕްމަންޓް ބޭންކުން ޑިޖިޓަލް އިނޮވޭޝަން، ދެމެހެއްޓެނިވި ތަރައްޤީ އަދި އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް އެހީވެދޭ މަޝްރޫޢުތަކަށް ފައިނޭންސްކޮށްދިނުމަށް އިސްކަންދެއްވާނެ ކަމަށެވެ. އަދި ޤައުމުގެ އެކި ކަންކޮޅުތަކުގައި އިނޮވޭޝަން ހަބްތަކާއި ޓެކްނޮލޮޖީ ޕާކުތައް އުފެއްދުމަށް ނޭޝަނަލް ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭނެއް އެކުލަވާލަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސްގެ މި ބަސްފުޅުތަކުން ސާފުވެގެންދަނީ، ދިވެހިރާއްޖޭގެ ޑިވެލޮޕްމަންޓް ބޭންކު މެދުވެރިކޮށް ޤައުމުގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ތަރައްޤީކޮށް، އިޤްތިޞާދީ އަދި އިޖްތިމާޢީ ދާއިރާތަކަށް އައު ފުރުޞަތުތަކެއް ހުޅުވާލުމަށް ސަރުކާރުން ގަސްދުކުރައްވާކަމެވެ. މި މަސައްކަތުގެ ތެރެއިން، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ޑިޖިޓަލް ވަސީލަތްތަކަށް ވާޞިލުވުމުގެ ފުރުޞަތު ފަހިކޮށްދީ، ޒުވާނުންނާއި އަންހެނުންގެ ބާރުވެރިކަން އިތުރުކޮށް، އަދި ދެމެހެއްޓެނިވި ގޮތެއްގައި ޤައުމު ތަރައްޤީކުރުމަށް މަގުފަހިކުރެވޭނެ ކަމަށް ރައީސް ޑރ މުއިއްޒު އުންމީދުކުރައްވާކަން ފާހަގަކުރެވެއެވެ.

