ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ފޭސް ދޭއް އިން ދޫކޮށްފައިވާ ހުސް ގޯތިތަކަށް ކާރު ރަޖިސްޓަރީ ކުރެވޭ ގޮތް ހަދައިފި އެވެ.
ހުޅުމާލެ ބަލަހައްޓާ ސަރުކާރު ކުންފުނި އެޗްޑީސީ އިން ނެރެފައިވާ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޕްލޭނިން އަދި އިމާރާތް ކުރުމުގެ އުސޫލުގައިވާ ގޮތުން، ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައި ހުރި ގޯތިތަކާއި ހުޅުމާލެ އިން ވިއްކާފައި ހުރި ކޮންމެ ގޯއްޗަކަށް ކާރެއްރަޖިސްޓަރީ ކުރެވޭގޮތަށް ވަނީ ހަދައިފައެވެ.
އެފަދަ ގޮތަކަށް ހުސް ބިމަށް ރަޖިސްޓަރީ ކުރެވޭނީ އެންމެ ކާރެއް ކަމަށާއި ރަޖިސްޓަރީ ކުރެވޭނީ ގޯތީގެ ވެރިފަރާތާ ނުވަތަ ވެރިފަރާތާ އާއިލީ ގޮތުން ގުޅުން އޮންނަ މީހެއްގެ ކާރެއް ކަމަށް އުސޫލުގައި ވެ އެވެ.
ރަޖިސްޓަރީ ކުރަން ހުށަހަޅާ މީހަކީ ވެރިފަރާތް ނޫން ނަމަ ވެރިފަރާތާ އާއިލީ ގޮތުން ގުޅުން އޮންނަ މީހެއް ކަން ސާބިތު ކޮށްދިނުމަށް ލިޔުން ހުށަހަޅަން ޖެހޭނެ ކަމަށް އުސޫލުގައި ކަނޑައަޅާފައި ވެ އެވެ.
އަދި މީހެ އިތުރުން ކާރު ރަޖިސްޓްރީ ކުރާއިރު ގޭގައި ގަރާޖެެއް އިންނަން ޖެހޭ ކަމަށް ވެސް އުސޫލުގައި ވެއެވެ.

