ހުޅުމާލޭގެ ސަހަރާ ކުރިމަތީގައިވާ ބިން ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ޕާކުކުރުމަށް ހަމަޖައްސައިފިއެވެ.
އެކްސްޕޯސްޓެއްގައި ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީނު މިކަން އިޢުލާންކުރައްވަމުން ހުޅުމާލޭ ސަހަރާ ކުރިމަތީގައި އެ ސަރަހައްދުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި، ވިދާޅުވީ، 90,000 އަކަފޫޓުގެ ބިމުން 50,000 އަކަފޫޓު ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ހާއްސަ ކުރެވޭނެ ކަމަށެވެ.
ބާކީ 40,000 އަކަފޫޓު ބޭނުންކުރެވޭނީ ހުޅުމާލޭ މަގުތަކުން ޓޯކުރެވޭ ނުގަވާއިދުން ޕާކު ކޮށްފައިވާ އުޅަނދުތައް ބެހެއްޓުމަށް ކަމަށާއިކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި މި ބިމުގައި ޕާކުކުރުމުގެ ފުރުސަތު ހުޅުވާލެވޭނެ ކަމަށްވެސް މިނިސްޓަރު އަމީން ވިދާޅުވިއެވެ.
މިހާރު ކުރިއަށްދަނީ ބިން ސާފުކޮށް އެއްވަރުކުރުމުގެ މަސައްކަތްތަކެވެ.
މިއީ ވަގުތީ ގޮތުން ހަމަޖައްސާފައިވާ އިންތިޒާމެއްކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިކަންތައް ދެމިއޮންނާނީ ހުޅުމާލޭގައި އަޅަމުންދާ ޕާކިން ބިލްޑިންގުތަކުގެ މަސައްކަތް ނިމެންދެން ކަން ފާހަގަކުރެއްވުމާއެކު މިނިސްޓަރ ވިދާޅުވީ މިއީ ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ މަސައްކަތެއްގެ ބައެއްކަމެވ

