ޖަމްއިއްޔާތައް މާލީ ގޮތުން ބާރުވެރިކުރުވުމުގެ ސިޔާސަތުގެ ދަށުން 16 ޖަމްއިއްޔާއަކަށް 3 މިލިއަން ރުފިޔާގެ އެހީ ދިނުމަށް ޒުވާނުން ބާރުވެރިކުރުމާއި މައުލޫމާތާއި ފަންނާބެހޭ ވުޒާރާއިން ނިންމައިފިއެވެ.
މަދަނީ ޖަމްއިއްޔާތަކުން ހިންގާ މުޖުތަމައު ބާރުވެރިކުރުމުގެ މަޝްރޫއުތަކާއި، ހަރަކާތްތައް ހިންގުމަށް ފައިސާގެ އެހީދިނުމަށް ނިންމައި އެކަން އިއުލާނުކޮށްފައިވަނީ މިދިޔަ މެއިމަހުގައެވެ.
މިނިސްޓްރީން ބުނެފައިވާ ގޮތުން މި ފިޔަވަހީގައި އެހީދިނުމަށް ހަމަޖެހިފައިވަނީ ކުދި، މެދު އަދި ބޮޑެތި މަޝްރޫއުތަކާއި ހަރަކާތްތައް ހިންގުމަށެވެ.
މި އެހީދިނުމުގެ މައިގަނޑު މަގުސަދަކީ މުޖުތަމައު ބާރުވެރިކުރުމަށް މަދަނީ ޖަމްއިއްޔާތަކުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް، އެފަދަ މަސައްކަތްތަކަށް އެއްބާރުލުންދީ، އެހީތެރިކަން ފޯރުކޮށްދިނުމާއެކު، ގައުމީ ތަރައްގީގައި މަދަނީ ޖަމްއިއްޔާތަކުގެ ދައުރު ފުޅާކުރުމެވެ.
ފައިސާގެ އެހީތެރިކަން ބޭނުންވާ މަދަނީ ޖަމްއިއްޔާތަކަށް ފުރުސަތު ހުޅުވައިލުމުން 49 ޖަމްއިއްޔާއަކުން އެކަމަށް އެދި ހުށަހެޅިއެވެ.
އޭގެތެރެއިން 16 ޖަމްއިއްޔާއަކަށް ފައިސާގެ އެހީ ދިނުމަށް ނިންމައި އެކަމާ ގުޅޭ އެއްބަސްވުންތަކުގައި މިހާރު ވަނީ ސޮއިކޮށްފައެވެ.
މި ޖަމްއިއްޔާތަކަށް މާލީ އެހީގެ ގޮތުގައި ޖުމްލަ 16 މިލިއަން ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މިއީ ފަހުގެ ތާރީޚެއްގައި އެންމެ ގިނަ ޖަމްއިއްޔާތަކަށް އެއްފަހަރާ ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

