ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާ ފަންނީ އަދި އިދާރީ ޚިދުމަތްތެރިންގެ ދަފަތަރެއް އެކުލަވާލާ ފުރުސަރު ހުޅުވާލައިފިއެވެ.
ޚިދުމަތުން ދުރަށްދާންޖެހިފައިވާ ޚިދުމަތްތެރިންނާއި، ދާއިމީ ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާ ފަންނީ އަދި އިދާރީ ޚިދުމަތްތެރިންގެ ދަފްތަރެއް އެކުލަވާލައި ރަޖިސްޓަރ ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެ ދަފްތަރަކީ ޚިދުމަތުން ދުރަށްދާންޖެހިފައިވާ ޚިދުމަތްތެރިންނާއި، ދާއިމީ ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާ ފަންނީ އަދި އިދާރީ ޚިދުމަތްތެރިން އަނބުރާ ޚިދުމަތަށް ނިކުތުމުގެ މަގު ތަނަވަސްކޮށްދިނުމަށް އެކަށައަޅާފައިވާ ޚާއްސަ ސިޔާސަތު ތަންފީޒު ކުރުމަށްޓަކައި އެކުލަވާލި ދަފްތަރެކެވެ.
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އިން އެކުލަވާލައިފާވާ މި ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 08 ސެޕްޓެމްބަރ 2025 ވާ ދުވަހުގެ 14:00ގައެވެ.

