ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފިއެވެ.
މިފަދައިން ހަމަޖައްސަވާފައިވާ ކަން ހާމަކުރައްވާފައިވަނީ ރައީސް އޮފީހުން ނެރުއްވި ދެންނެވުމުގައެވެ. އެ ދެންނެވުމުގައި ބުނެފައިވަނީ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް ، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ގާނޫނު އަސާސީގެ 116 ވަނަ މާއްދާގެ (ހ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން ކަމަށެވެ. އަދި ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް ، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ މިއަދުން ފެށިގެން ކަމަށް ވެސް އެ ދެންނެވުމުގައި ބުނެފައިިވެއެވެ.
ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް އަކީ 2015 ވަނަ އަހަރު އުފެއްދި އޮތޯރިޓީއެވެ. މި އޮތޯރިޓީ އަކީ ޤާނޫނުގެ ދަށުން އުފެއްދި ކޭމް އަކީ ރާއްޖޭގެ ޓެލެކޮމިއުނިކޭޝަންގެ ސިނާޢަތަށް ބޭނުންވާ ލަފަޔާއި އެހީތެރިކަން ފޯރުކޮށްދިނުމަށް އުފެއްދި އިދާރާއެކެވެ.
އެ އިދާރާގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ޓެލެކޮމިއުނިކޭޝަނާއި ރޭޑިއޯކޮމިއުނިކޭޝަންގެ ކަންކަން ރެގިއުލޭޓުކުރުން އަދި ރާއްޖޭގެ ޓެލެކޮމިއުނިކޭޝަންގެ ދާއިރާ ތަރައްޤީކުރުމަށް ހިތްވަރުދީ، ޓެލެކޮމިއުނިކޭޝަންގެ ސިނާޢަތު ކުރިއެރުވުމަކީ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް ގެ ބައެއް މަސައްކަތްތަކެވެ.

