އއ.ރަސްދޫގައި ފަތުރުވެރިންތަކެއް ބަރަހަނާ ފިލްމެއް ކުޅުނު ކަމަށް ބުނާ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ރަސްދުއަށް ދިޔަ ރަޝިޔާގެ ފަތުރުވެރިންތަކެއް އެ ރަށު އާންމު ތަންތަނުގައާއި އަތިރިމަތީގައި ކުޅެފައިވާ ކަމަށް ބުނާ ބަރަހަނާ ފިލްމުގެ މަންޒަރުތަކެއް ސޯޝަލްމީޑިއާގައި މިރޭ ވަނީ އާންމުވެފައެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ ރަސްދޫގެ މަގުތަކާއި އަތިރިމަތީގައި ބަރަހަނާ ފިލްމު ކުޅުނު މައްސަލައެއް އަދި އެފަދަ ޝަކުވާއެއް ވެސް މިހާތަނަށް ހުށަހަޅާފައިނުވާ ކަމަށެވެ.
ނަމަވެސް ސޯޝަލްމީޑިއާގައި އެފަދަ ވާހަކަތަކެއް ދައުރުވަމުންދާތީ ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

