ކ.ހުވަފެންފުށި ދެކުނުން ހިއްކާފައި އޮންނަ، ފަސްގަނޑަށް
ދަތުރު ގޮސް އުޅެނިކޮށް ގެއްލުނު މ. އަސަރީހަނދާން، ތަސްލީމް މުޙައްމަދު ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
އުމުރުން 43 އަހަރުގެ ތަސްލީމް ގެއްލިފައިވަނީ އޮގަސްޓު 30 ވަނަ ދުވަހުއެވެ. އޭނާ އެންމެފަހުން ފެނިފައި ވަނީ އެ ދުވަހުގެ 10:00 އާއި 11:00 ހާއިރުއެވެ.
ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ ތަސްލީމް ހޯދުމުގެ މަސައްކަތް އަދި ހުއްޓާނުލައި ކުރިއަށްގެންދާ ކަމަށާއި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.
ތަސްލީމު ގެއްލުނު މައްސަލާގައި ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުންދަނީ ޖިނާއީ މައްސަލައެއްގެ ގޮތުގައެވެ.
ތަސްލީމު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްއިން ވެސް އަންނަނީ ކުރަމުންނެވެ. އެގޮތުން ކޯސްޓްގާޑުން މިހާރު ވަނީ ތަސްލީމް ގެއްލުނު ފިނޮޅު ވަށައިގެން 1,050,000 ސްކޮޔާ މީޓަރުގެ ސަރަހައްދެއް ބަލައިފައެވެ.
ތަސްލީމާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، އެކަން ހިންމަފުށި ޕޮލިސް ސްޓޭޝަންގެ ނަންބަރު (9794639) އަށް ގުޅުއްވައި ހިއްސާކޮށްދެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

