މަކުނިވިދުރި ނުވަތަ އެމްްޕޮކްސްއަކީ އެކެެއްގެ ގައިން އަނެކެއްގެ ގަޔަށް ހަލުވި ކަމާއެކު ފެތުރިގެންދާ ނުރައްކާތެރި ބައްޔެކެވެ. މި މަބައްޔަށް ފައްސިވެއްޖެނަމަ ގައިން ފޮޅުތަކެއްނަގާ ވޭނަކަށް ހުށަހެޅިގެންދާނެއެވެ. އެމްޕޮކްސް އަކީ ވައިރަހެއްގެ ސަބަބުން ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެކެވެ. އެމްޕޮކްސް އަކީ ހުޅަނގު އެފްރިކާގައި ފެތުރޭ ބައްޔެކެވެ.
އެފްރިކާއިން ބޭރުގައި މިބަލި ގިނަފަހަރަށް ޖެހެނީ ދަތުރުވެރިންނަށާއި، ނުވަތަ އެމްޕޮކްސް ހުންނަ މީހަކާ ގާތް ގުޅުމެއް ބޭއްވުމުންނެވެ.
2022 ވަނަ އަހަރުން ފެށިގެން އެމެރިކާ ފަދަ ގިނަ ގައުމުތަކުގައި އެމްޕޮކްސް ގެ ކޭސްތައް ފެނުނެވެ. ޔޫރަޕާއި އެމެރިކާ ހިމެނޭ ގޮތަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ބަލި ފެތުރެމުންދިޔައެވެ.
ކުރިން މަންކީޕޮކްސް ގެ ނަމުން ނަން ދީފައިވާ އެމްޕޮކްސްގެ އަލާމާތްތަކަކީ ކޮބައިހެއްޔެވެ؟ އަދި އެމްޕޮކްސް ފެންނަނީ ކިހިނެއް ހެއްޔެވެ؟
އެމްޕޮކްސްގެ އަލާމާތްތައް ފެންނަން ފަށާނީ 3-17 ދުވަސް ފަހުންނެވެ. ބައްޔަށްހުށަހެޅުމާއެކު އަލާމާތްތައް ފެންނަ ވަގުތާ ދެމެދުގެ ވަގުތަށް ކިޔަނީ އިންކިއުބޭޝަން ޕީރިއަޑެވެ. އެމްޕޮކްސްގެ އަލާމާތްތައް 2-4 ހަފުތާއަށް ދެމިގެންދެއެވެ.
މަންކީޕޮކްސް
މަންކީޕޮކްސް އާންމު ކޮށް ފެންނަނީ އެފްރިކާގެ މެދުތެރެއާއި ހުޅަނގު އެފްރިކާގެ ފަޅު ސަރަހައްދުތަކުގައެވެ. މިއީ މަދުން ނޫނީ ނުފެންނަ ވައިރަލް އިންފެކްޝަނެކެވެ. މިބަލި ފުރަތަ ފެނިފައިވަނީ ޖަނަވާރުންގެ ކިބައިން ނަމަވެސް މިދިޔަ 50 އަހަރު ވަރަކަށް މިބަލި އިންސާނުންގެ ކިބައިންވެސް ވަނީ ފެނިފައެވެ. މި އަހަރު މިހާތަނަށް ކޭސްރިޕޯޓް ކޮށްފައިވާ އަދަދު މިދިޔައަހަރަށް ވުރެ ބޮޑަށް އިތުރުވުމާއި އެކު ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔައިން ވަނީ 14 އޮގަސްޓް 2024 ގައި ސިއްޙީނުރައްކަލުގެ ހާލަތު އިޢުލާން ކޮށްފައެވެ.
މަންކީ ޕޮކްސް އެކަކު ގައިން އަނެކަކު ގަޔަށް ފެތުރޭ ގޮތް
• ނޭވާލާ ނިޒާމުގެ ޒަރިއްޔާއިން: ގިނަ ވަގުތު ގާތުން ކޮންޓެކްޓް ވުމުން
• ބަލި ޖެހިފައިވާ މީހާގެ ހަމުގައި ހުންނަ ބިހިތަކުގައި ނުވަތަ އެއިން ނުކުންނަ ދިޔައިގައި ޖެހުމުން
• ބަލި މީހާގެ ހެދުމާއި ތުވާލި އަދި ބެޑްޝީޓް ފަދަ ތަކެތީގައި ޖެހުމުން
• މާބަނޑު ދުވަސްވަރު ބަލި ޖެހިއްޖެ ނަމަ ބަޑުގައިވާ ދަރިފުޅަށް ބަލި ޖެހުމުގެ ފުރުސަތު އޮވޭ.
• މީހުން، އަތްލުމާއި، ބޮސްދިނުމާއި، ނުވަތަ ޖިންސީ ގުޅުން ހިންގުމުގެ ތެރެއިންނެވެ
• ޖަނަވާރުތައް، ޝިކާރަކުރާއިރު، ހަން ނަގާއިރު، ނުވަތަ ކައްކާއިރުގައި
• މާބަނޑު މީހުންނަށް ބަލިޖެހުމުން ބަނޑުގައި އޮންނަ ދަރިފުޅަށް ވައިރަސް ފެތުރުމުގެ ފުރުސަތު އޮވޭ
މަންކީޕޮކްސްގެ އަލާމާތްތަކުގެ ތެރޭގަ ގަދައަށް ހުންއައުން، ގައިގައި ރިއްސުން، ވަރުބަލިވުން، ގޮށްލުން، ހަމުގައި ބިހި ނަގައެވެ. (ގިނައިން ފެންނަނީ ކުރިމަތިފަރާތާއި ފުރަގަސްފަރާތް އަދި އަނގައިގެ ވަށައިގެން). ބިހިތައް ފުރަތަމަ ނަގާއިރު ހުންނަނީ ރަތް ބިހިތަކެއްގެ ގޮތުގައެވެ. އެއަށްފަހު ފެން ފޮޅަށްވެ، ފޮޅު ފަޅައިގެންގޮސް ކުރަލައެވެ. ހުން އައުންފަދަ އަލާމާތްތަކުން ފެށިގެންގޮސް ބިހި ނަގާ، ކުރަލާ، އަދި ކުރައިގެ ދަށުން އާ ހަން އުފެދި ކުރަ ވެއްޓެންދެން ބަލި ޖެހިފައިވާ މީހާގެ ފަރާތުން އެހެން މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އޮވެއެވެ.
އާންމުކޮށް މަންކީޕޮކްސް ޖެހިފައިވާ މީހަކަށް އަލާމާތްތައް ފެންނަން ފަށަނީ ބަލިޖެހިފައިވާމީހަކާއި ނުވަތަ ބަލީގެ އިންފެކްޝަން ހުންނަ އެއްޗަކާއި ކޮންޓެކްޓް ވާތާ ގާތްގަނޑަކަށް 5 -21 ދުވަސް ތެރޭގައެވެ.
ބަލިޖެހޭ މުއްދަތަކީ 2-4 ހަފްތާ ނަމަވެސް ހުން ރަނގަޅުވެ ގައިގައު ނަގާފައި ބިހިތައް ހިކި ހަންގަޑު މުޅިން އެކީ ރަނގަޅުވަންދެން ބަލި ފެތުރުމުގެ ފުރުސަތު އޮވެއެވެ. އާދަޔާ ހިލާފު ރޯގާއެއް ޖެހިއްޖެނަމަ އެކަހެރިވެ ވަގުތުން ޑޮކްޓަރަށްދާ ލަފާހޯދަންވާނެއެވެ. މަންކީޕޮކްސް އަށް ވަކި ފަރުވާއެއް ނެތް ނަމަވެސް އަލާމާތްތަކަށް ލުއި ދިނުމަށް ސިމްޕްޓޮމެޓިކް ފަރުވާއެއް ހުށަހަޅަ އެވެ.މަންކީޕޮކްސް ކޭސްއެއް ކަށަވަރު ކުރެވޭނީ ޕީސީއާރު ޓެސްޓެއް ހަދައިގެންނެވެ.
ބަލި ޖެހިފައިވާ މީހުން އަލާމާތްތައް ރިޕޯޓްކޮށް، އެހެން މީހުންނަށް ފެތުރިދާނެ ގޮތް ހުއްޓުވުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެކެވެ. އަދި އާދަޔާ ހިލާފު ލޭހޮޅިއެއް ނުވަތަ ރޯގާއެއް ހުރިނަމަ ސީދާ ޑޮކްޓަރެއްގެ ލަފާ ހޯދަން ވާނެއެވެ. ބަލިން ރައްކާތެރި ވުމަށްޓަކައި ގިނަ ގިނައިން އަތް ދޮންނަންވާނެއެވެ.އާންމުކޮށް ބޭނުންކުރާ ތަކެއްޗާއި ތަންތަން ސާފުކޮށް ޑިސްއިންފެކްޓްކުރަން ޖެހޭނެއެވެ. އެންމެ މުހިއްމު ކަމެއްގެ ގޮތުން އަލާމާތްތައް ފެންނަ މީހުންނާ ގާތް ގުޅުމަކުން ދުރުހެލިވާން ވާނެއެވެ. ތޮއްޖެހިފައިވާ ތަންތަނުގައި މާސްކު އެޅުމަކީ ވެސް މުހިއްމު ކަމެއްވެސް މެއެވެ.
މިހާރު އެމްޕޮކްސް ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރޭއިރު މިއީ ނުރައްކާތެރި ބައްޔެއްކަމުން ސަލާމަތީގޮތުން ތިބުމަށް ސިއްހީ ވުޒާރާތަކުން ވަނީ އިލްތިމާސް ކޮށްފައެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިންވެސް ސިއްހީ ނުަރައްކަލުގެ ކުއްލިހާލަތު އިއުލާންކޮށްފައިވާއިރު އެމްޕޮކްސް ޖެހިފައިވާ ކަމަށް ޝައްކުކުރެވޭ މީހަކު އިންޑިއާއިން ފެނިގެން އެ މީހާ ހޮސްޕިޓަލެއްގައި އެކަހެރިކޮށް، ބައްޔާ މެދު ހަރުދަނާ ފިޔަވަޅުތައް އަޅާފައިވާ ކަމުގެ ޔަގީންކަން އެ ގައުމުގެ ހެލްތު މިނިސްޓްރީން ވަނީ ދީފައެވެ. މިއީ ދިވެހިން އެންމެ ގިނައިން ގޮސްއުޅޭ ގައުމުގެ ތެރެއިން އެއްގައުމެވެ.
އިންޑއާއިން ބުނީ ބައްޔާމެދު ހާސްވާންޖެހޭ ކަމެއް ނެތް ކަމަށާއި އިންޑިއާ އޮތީ އެމްޕޮކްސްއަށް އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅަން ތައްޔާރަށް ކަމަށެވެ. އަދި މީހަކު ކުރާ ދަތުރެއްގައި އެމްޕޮކްސް ޖެހިދާނެ ކަމަށް ބަލައި އަޅަންޖެހޭ ފިޔަވަޅުތަކަށް މުޅި އިންޑިއާ އޮތީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށް ވެސް ބުނެއެވެ.
އެމްޕޮކްސް އަލުން ފެނުމުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހު ސިއްހީ ނުރައްކަލުގެ އެންމެ މަތީ ބައިނަލްއަގްވާމީ އެލާޓް ލެވެލް އިއުލާންކޮށްފަ މަތިކޮށްފައެވެ.

