ނ.ހޮޅުދޫ ގެއެއްގެ ތެރޭގައި ޒަޚަމްތަކަކާއެކު ނިޔާވެފައި އޮއްވާ ފެނުނު އަންހެން މީހާގެ ހަށިގަނޑު މާލެ ގެނެސްފިއެވެ.
ހޮޅުދޫ ގެއެއްގެ ތެރޭގައި ޒަޚަމްތަކަކާއެކު ނިޔާވެފައި އޮއްވާ މީހަކުފެނިފައިވަނީ އިއްޔެ ހެނދުނެއެވެ. އެއީ އެ ރަށު މާރަނގަ، އުމުރުން 50 އަހަރުގެ ޒަކިއްޔާ މޫސާ މަނިކުއެވެ.
ޒަކިއްޔާގެ މަރުގެ މައްސަލައާ ގުޅިގެން ފުލުހުންގެ ޚާއްސަ ޓީމެއް ވެސް އިއްޔެ ހަވީރު ވަނީ ހޮޅުދުއަށް ގޮސްފައެވެ.
ޒަކިއްޔާގެ މަރާ ގުޅޭ ގޮތުން ފުލުހުން ވެސް އަދި މާ ބޮޑު މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން މާރަނގަ ގޭގެ ބަދިގޭ ފަރާތުގައި ހުންނަ ގުދަނެއް ކައިރީގައި ޒަކިއްޔާ ނިޔާވެފައި އޮއްވާ ފެނުނީ ކުނި ނަގަން ދިޔަ ބިދޭސީންތަކަކަށެވެ. ޒަޚަމްތަކާއެކު ޒަކިއްޔާ އެތަނުގައި އޮތްއިރު، ކަރުގައި ވަޅި އަޅާފައިވާ ކަމަށާއި އެ ތަނުގައި ބޮޑު ވަޅިއެއް އޮތް ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

