ނ. ހޮޅުދޫގައި އިއްޔެ މަރުވެފައި އޮއްވާފެނުނު އެ ރަށު މާރަނގަ، އުމުރުން 50 އަހަރުގެ ޒަކިއްޔާ މޫސާ މަނިކުގެ މަރާގުޅިގެން ތުހުމަތުކުރެވޭ މީހަކު އަދި ނެތްކަމަށާއި، މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.
ޒަޚަމްތަކަކާއެކު ނިޔާވެފައި އޮއްވާ ފެނުނު އަންހެން މީހާގެ ހަށިގަނޑު ރޭ ދަންވަރު ވަނީ މާލެ ގެނެސްފއެވެ.
ހޮޅުދޫ ގެއެއްގެ ތެރޭގައި ޒަޚަމްތަކަކާއެކު ނިޔާވެފައި އޮއްވާ މީހަކުފެނިފައިވަނީ އިއްޔެ ހެނދުނެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން މާރަނގަ ގޭގެ ބަދިގޭ ފަރާތުގައި ހުންނަ ގުދަނެއް ކައިރީގައި ޒަކިއްޔާ ނިޔާވެފައި އޮއްވާ ފެނުނީ ކުނި ނަގަން ދިޔަ ބިދޭސީންތަކަކަށެވެ. ޒަޚަމްތަކާއެކު ޒަކިއްޔާ އެތަނުގައި އޮތްއިރު، ބޮޑު ވަޅިއެއް ވެސް އެތަނުގައި އޮތްކަމުގެ މައުލޫމާތު ލިބިއެވެ.

