ގިނަ އަދަދެއްގެ ޑޮލަރުތަކަކާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހިފެހެއްޓި ބަންގްލަދޭޝްގެ ފިރިހެން މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
މި މައްސަލާގައި މަނީ ލޯންޑަރިންގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝަހްމިން އިސްލާމް ޝަގުރް (32 އ) އެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އަމުރުކުރީ 15 ދުވަހަށް ބަންދުކުރުމަށެވެ.
އެ މުއްދަތު ހަމަވުމާއެކު ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އޭނާގެ ބަންދަށް އަނެއްކާވެސް 15 ދުވަސް އިތުރުކޮށްފައެވެ.
ކޯންފްލޭކްސް ފޮށްޓެއްގައި ފޮރުވައިގެން ޝަހްމިން ރާއްޖެއިން ބޭރުކުރަން އުޅުނީ 80,000 އަށްވުރެ ގިނަ ޑޮލަރެވެ. ޑޮލަރުތަކާއެކު އޭނާ އަތުލައިގަތީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުންނެވެ.

