ޅ.ހިންނަވަރާއި ނައިފަރުގައި ޑްރަގްގެ އޮޕަރޭޝަނެއް ކުރިއަށްގެންދާ ކަމަށް ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ.
ފުލުހުންގެ ޚިދުމަތުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މި އޮޕަރޭޝަން ކުރިއަށްގެންދަނީ ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް އަދި ނޯތު ޕޮލިސް ފުލުހުން ގުޅިގެން ކަމަށެވެ.
ނަމަވެސް މި އޮޕަރޭޝަނާބެހޭ އިތުރު މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
ފުލުހުން ބުނީ އޮޕަރޭޝަން ނިމުމުން އިތުރު މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ.

