މަގުމަތިން ބުޅާ ހިފައި، އޭގެ މަސް ކައްކައި ވިއްކި އާންމުންނަށް ކާންދިންކަމަށް ތުހުމަތުކުރެވޭ ބަންގްލަދޭޝް މީހާ ޑީޕޯޓް ކުރަން ނިންމައިފިއެވެ.
ބަގްލަދޭޝްގެ 32 އަހަރުގެ އަރަފާތު ހުސައިން ޑީޕޯޓް ކުރަން ނިންމާފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ހާމަ ކޮށްފައެވެ.
މި މައްސަލަ އާންމުންގެ ސަމާލުކަމަށް ގެނެސްދިނީ ފީލައިން ވެލްފެއަރ އޯގަނައިޒޭޝަނުންނެވެ.
އަރަފާތު ފުލުހުންގެ ބެލުމުގެ ދަަށަށް ގެންދިޔައީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ. އިމިގްރޭޝަނުން މިހާރު ދަނީ އޭނާ ޑިޓެންޝަންގައި ބަހައްޓައިގެން ފުރުވާލުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ފުރުވާ ވަކި ތާރީޚެއް އަދި ކަނޑައަޅާފައެއް ނުވެއެވެ.

