މީހެއްގެ ޖީބުން މަގުމައްޗަށް ވެއްޓުނު 17,000 ރުފިޔާ ފުލުހުން ކުރި މަސައްކަތުން ހޯދައިދީފިއެވެ.
ފުލުހުން މިރޭ ބުނީ މީހެއްގެ ޖީބުން މަގުމައްޗަށް 17,000 ވެއްޓި ގެއްލިފައިވާ ކަމަށް މި މަހުގެ 9 ވަނަ ދުވަހުގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓުކުރި ކަމަށެވެ.
އެގޮތުން އެ ފައިސާތައް ހޯދުމަށް ސީސީޓީވީ ފުޓޭޖް ބަލައި، އެ ފައިސާތައް މަގުމަތިން ނެގި މީހާ ދެނެގަނެ ގަލޮޅު ޕޮލިސްގެ ފުލުހުން ކުރި މަސައްކަތުން މިރޭގެ ވަގުތެއްގައި އެ ފައިސާތައް ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅޭ ގޮތުން މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

