މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އާއި އިންޓަރނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރ ޑިވެލޮޕްމަންޓް (އީފާޑް) ގުޅިގެން ކުރިއަށްގެންދާ “މޯލްޑިވްސް އެގްރީބިޒްނަސް ޕްރޮގްރާމް” ގެ ދަށުން އުތުރުގެ 5 ރަށެއްގައި ގްރީންހައުސް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
އެ މަޝްރޫޢުގެ ދަށުން އުތުރުގެ 5 ރަށެއްގައި ގްރީންހައުސް ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށާއި، ދަނޑުވެރިންނަށް އިތުރު ފުރުޞަތުތައް ހޯދައިދިނުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެއްކަން ފާހަގަކުރެވެއެވެ.
އެ މަޝްރޫޢުގެ ސަބަބުން އުތުރުގެ ރަށްތަކުގައި ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުވެ، ރަށު ފެންވަރުގައި އާމްދަނީ އިތުރުވުމަށް މަގުފަހިވާނެކަމަށް ބެލެވެއެވެ. އަދި މިކަމުގެ ސަބަބުން ޤައުމީ ފެންވަރުގައި ކާބޯތަކެތީގެ ރައްކާތެރިކަން ޔަގީންކުރުމަށްވެސް އެހީތެރިވެދޭނެކަމަށް އުންމީދުކުރެވެއެވެ.
އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީގެ ފައިނޭންސް އެގްޒެކެޓިވް އަލްފާޟިލާ ފާތިމަތު ޝާއިއާ އެވެ. އަދި މަސައްކަތާ ހަވާލުވާ ފަރާތްކަމުގައިވާ ވިސީ ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އިސްމާއިލް ރަޝީދު އެވެ.
މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގައި ބޭއްވުނު މި ރަސްމިއްޔާތުގައި މިނިސްޓަރ ޑރ. އާއިޝަތު ރަމީލާ އާއި ހދ. ކުމުންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް އަމީނު މުޙައްމަދު އަދި މިނިސްޓްރީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.