އަންނަ އޮކްޓޫބަރު މަހުގައި ބާއްވަން ނިންމާފައިވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ އިންތިޚާބުގެ ކަންކަމާ ގުޅޭ މައުލޫމާތުތައް ފޯރުކޮށްދިނުމަށް ކޯލް ސެންޓަރުތައް ގާއިމުކޮށްފިއެވެ.
މި އިންތިޚާބާ ގުޅިގެން ކޮންގްރެސް ޕާޓީން ވަނީ ފަސް ކޯލް ސެންޓަރެއް ގާއިމުކޮށްފައެވެ.
ކޯލް ސެންޓަރުތައް:
- ހއ، ހދ، ކުޅުދުށްފުށި ސިޓީ، ށ – 9426211
- ނ، ރ، ބ، ޅ – 9526625
- ކ، މާލެ ސިޓީ، އއ، އދ، ވ – 9670111
- މ، ފ، ދ، ތ، ލ – 9790299
- ގއ، ގދ، ތިނަދޫ ސިޓީ، ފުވައްމުލަކު ސިޓީ، އައްޑޫ ސިޓީ – 9146550
މި ސެންޓަރުތަކަށް ގުޅޭނީ ހޮނިހިރު-ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 އިން ރޭގަނޑު 21:00 އަށެވެ. އަދި ހުކުރު ދުވަހު ހަވީރު 15:00 އިން ރޭގަނޑު 21:00 އަށެވެ.
އަންނަ އޮކްޓޫބަރު 19 ގައި ބާއްވާ ކޮންގްރެސް ޕާޓީގެ މި އިންތިޚާބުގައި 2095 މަގާމަކަށް މެންބަރުން އިންތިޚާބު ކުރުން އޮންނާނެއެވެ.
އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފައިވާއިރު، ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ މި މަހުގެ 30 ގެ ނިޔަލަށެވެ.

