މި މަހުގެ 15 ވަނަ ވާ އާދިއްތަ ދުވަހު ސަރުކާރު ބަންދު ނަމަވެސް، ޕާސްޕޯޓުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް އިމިގުރޭޝަނުން މިރޭ ބުނެފިއެވެ.
އިމިގުރޭޝަނުން ބުނީ އާދިއްތަ ދުވަހުު މާލޭ އޮފީހުން ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ޕާސްޕޯޓަށް އެދި އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް އިމިގުރޭޝަނުން ބުންޏެވެ.
މީގެއިތުރުން އިމިގުރޭޝަނުން ބުނީ ޕާސްޕޯޓާ ހަވާލުވުމަށް ނަންބަރު ދޫކުރުން ކިއުބީ މެދުވެރިކޮށް ހެނދުނު 8:30 އިން ފެށިގެން މެންދުރުފަހު 14:00 އަށް ކުރިއަށްދާނެ ކަމަށެވެ.
އާންމު ރައްޔިތުންނަށް ފަސޭހަވާނެ ފަދައިން ޚިދުމަތް ދިނުމަށް އިމިގުރޭޝަނުން އަންނަނީ ޚާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މީގެކުރިން ވެސް ބައެއް ބަންދު ދުވަސްތަކުގައި ޕާސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދީފައިވެއެވެ.

