ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދަރުބާރުގޭގައި ބޭއްވުނު 2022-2023 ވަނަ އަހަރުގެ "މަތީ އަރުތަވެރިންގެ އިނާމު" ދިނުމުގެ ރަސްމިއްޔާތުގެ ތިން ދަންފަޅިވެސް ޝަރަފުވެރި ކޮށްދެއްވައިފިއެވެ.

ޓޮޕް އެޗީވާސް ޖަލްސާ ރައީސް ޝަރަފްވެރިކޮށްދެއްވުން– ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
މި ރަސްމިއްޔާތުގައި މަތީ ޘާނަވީއާއި ޘާނަވީ އިމްތިޙާނުތަކުން އެންމެ މަތީ ނަތީޖާ ހޯދި 441 ދަރިވަރުންނަށް އިނާމު ދެވުނެވެ. މުޅި ދުނިޔެއިން 1 ވަނަ އަދި ޤައުމީ ގަދަ 10ގެ 1 ވަނަ ނަތީޖާ ހޯދި ދަރިވަރުންނަށް ޓްރޮފީ އާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ރައީސް ޑރ މުއިއްޒެވެ.

ޓޮޕް އެޗީވާސް ޖަލްސާ ރައީސް ޝަރަފްވެރިކޮށްދެއްވުން– ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
މީގެ ކުރީގެ އަހަރުތަކުގައި މި ރަސްމިއްޔާތު ބާއްވަމުން އައީ، ސަރުކާރުގެ ނުވަތަ އަމިއްލަ ބޮޑެތި ކުންފުނިތަކުން ސްޕޮންސަރކޮށްގެންނެވެ. އަދި ދަރިވަރުންނަށް ވެސް ސްޕޮންސަރުންގެ އަތުން އިނާމު ހޯދައިގެންނެވެ. ނަމަވެސް މިކަމަކީ ސީދާ ދައުލަތުގެ ބަޖެޓުން ހޭދަކޮށްގެން ވަރަށް ރަނގަޅު ފެންވަރުގައި ކުރިއަށްދާ ރަސްމިއްޔާތެއްގެ ގޮތުގައި ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މިފަހަރު ހަމަޖައްސަވާފައެވެ. އަދި ވަނަތަކަށް ހޮވި އިނާމު ލިބޭ ދަރިވަރުންނަށްވެސް، ސީދާ ސަރުކާރުގެ ފަރާތުން ރަނގަޅު ފެންވަރުގެ އަދި ދަރިވަރުންނަށް ބޭނުންވާނެ އިނާމު ދެއްވުމަށް ރައީސް ޑރ މުއިއްޒު ވަނީ އިރުޝާދު ދެއްވާފައެވެ.

ޓޮޕް އެޗީވާސް ޖަލްސާ ރައީސް ޝަރަފްވެރިކޮށްދެއްވުން– ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
ތަޢުލީމުގެ ފުރުޞަތު ފަހިކޮށްދީ، ކޮންމެ ދަރިވަރަކަށް އިސްލާމްދީނާ، ރިވެތި އަޚްލާޤާ، ޤައުމިއްޔަތު އުނގަންނައިދީ، ހަރުދަނާ ދިވެހި ޖީލެއް ބިނާކުރުމަށް ރައީސް ޑރ މުއިއްޒު ގެންދަވަނީ ކެނޑިނޭޅި މަސައްކަތްޕުޅު ކުރައްވަމުންނެވެ.

ޓޮޕް އެޗީވާސް ޖަލްސާ ރައީސް ޝަރަފްވެރިކޮށްދެއްވުން– ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
މި ރަސްމިއްޔާތުގެ ތިންވަނަ ދަންފަޅީގައި ރައީސް ޑރ މުއިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

